ފުރަތަމަ ސަފްޙާ / ޚަބަރު / ތަށި ބީވެގެން ދިޔުމުން ޒިދާން އަށް ވަރަށް އަސަރުކޮށްފި

ތަށި ބީވެގެން ދިޔުމުން ޒިދާން އަށް ވަރަށް އަސަރުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 23 މެއި 2021

ސްޕެނިޝް ލީގުގެ ތަށި ދިފާއުކުރުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކޮށް ހަނި ގޮތަކަށް ތަށި އަތުން ބީވެގެން ދިއުމުން ވަރަށް ދެރަވެއްޖެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒިނެދިން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ ކުޅުން ރޭ ނިންމާލި އިރު ރެއާލަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން ލީގު ޗެމްޕިއަންކަން ހޯދީ އެތުލެޓިކޯ މެޑްރިޑުންނެވެ. ރޭ ކުޅުނު ލީގުގެ އެންމެ ފަހު މެޗްތަކާ ހަމައަށް ދިޔައިރު ރެއާލްއަށް ލީގު ކާމިޔާބުކުރުމުގެ ހަނި ފުރުސަތެއް އޮތެވެ. ފަހު މެޗުގައި އެ ޓީމަށް ލީގު ކާމިޔާބުކުރަން ރެއާލްގެ ފަރާތުން ކުރަން އޮތް ހުރިހާ ކަމެއް ކުރި އެވެ. އެކަމަކު އެތުލެޓިކޯ އިންވެސް ވަނީ ރޭ އެމީހުން ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކޮށްފަ އެވެ. އެ މެޗު އެއްވަރުވި ނަމަވެސް ހެޑް ޓު ހެޑްގެ ނަތީޖާ އަށް ބަލައި ތަށި ލިބުނީހީ ރެޢަލް އަށެވެ.

ރެއާލް އަށް ލީގު ގެއްލުމާއެކު މި ސީޒަން އެ ޓީމަށް ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. މިއީ މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެ ޓީމަށް ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. އެކަމަކު ރެއާލްގެ ކޯޗް ފްރާންސްގެ ×ިދާން ބުނާ ގޮތުގައި ސީޒަންގައި ދިމާވި އެތައް ގޮންޖެހުންތަކަކާއެކު ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރާމެދު އޭނާ ފަހުރުވެރިވެ އެވެ.

“އަހަރެން މިހިރާ ވަރަށް ދުރަވެފަ. އަހަރެމެންނަށް ލީގު ކާމިޔާބު ނުކުރެވުމުން. އަހަރެމެން އެތުލެޓިކޯ އަށް މަރުހަބާ ކިޔަންޖެހޭ. އެމީހުންނަށް ލީގު ޗެމްޕިއަންކަން ލިބުން ހައްގު.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

“އެކަމަކު އަހަރެންނަށް އެންމެ މުހިއްމީ ރެއާލްގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރުން. އަހަރެން މި ފުރުސަތުގައި ޓީމުގެ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރަން އެ މީހުން އަބަދުވެސް ޓީމާއެކު ވާތީ. އަހަރެންނަށް ހީވާ ގޮތުން އެ އެންމެންވެސް ޓީމްގެ ކުޅުންތެރިން ކުރި މަސައްކަތާ މެދު ފަހުރުވެރިވާނެ.” ރެއާލްގެ ކޯޗް ބުންޏެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!