ފުރަތަމަ ސަފްޙާ / ޚަބަރު / ކޭން ބޭނުން ނުވާނެ ކޯޗަކު ހުރިކަން އެނގެންޏާ އަހަރެންނަށް ގުޅާ: ޓުޗެލް

ކޭން ބޭނުން ނުވާނެ ކޯޗަކު ހުރިކަން އެނގެންޏާ އަހަރެންނަށް ގުޅާ: ޓުޗެލް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 މެއި 2021

ކޮންމެ ކޯޗަކުވެސް އެ މީހެއްގެ ޓީމުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ހިމަނަން ބޭނުންވާނެ ކަމަށާއި، އެގޮތުން ޗެލްސީންވެސް ކޭންއަށް ޝައުގުވެރިވާ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މިފަހަކަށް އައިސް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ނަނީކޭން ޓޮޓެންހަމް ދޫކޮށް އެހެން ކްލަބަކާ ގުޅެން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ގިނަ ޓީމުތަކަކުން އަންނަނނީ ކޭންއަށް ޝައުގުވެރިވާކަން އަންނަނީ ހާމަކުރަމުންނެވެ.  ޗެލްސީއަކީ ކޭން ބަދަލުވުން އެންމެ ގާތް އެއް ކްލަބްކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

“ހެރީ ކޭން އެ ޓީމެއްގައި ހިމަނަން ބޭނުންނުވާނެ ކޯޗަކު މި ދުނިޔެއަކު ނުހުންނާނެ. އެކަހަލަ މީހަކު ހުރިކަން އެގެންޏާ އަހަރެންނަށް ގުޅާ. އަހަރެން ބޭނުން އެ މީހަކާ ވާހަކަދައްކައިފަ ހަމަލާ އުފެއްދުމާއި، ގޯލްޖެހުމުގައި އެ މީހަކު ގެންގުޅޭ ވިސްނުމަކީ ކޮބައިކަން އެގެން.” މި ސީޒަންގެ މެދު ތެރެއިން ޗެލްސީގެ ކޯޗުކަމާ ހަވާލުވިި ޓުޗެލް ބުންޏެވެ.

“ކޮންމެ މީހަކުވެސް ހެރީ ކޭން ދެކެ ލޯބިވޭ. އެކަމަކު އަހަރެން އެއްކަމެއް ވަރަށް ސާފުކޮށް ބުނެދޭން ބޭނުން. ކޭން އަކީ މިވަގުތު ޓޮޓެންހަމްގެ ކުޅުންތެރިއެއް. ޓޮޓެންހަމުން ވަނީ ކޭން އާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ. އެކަމަށް އިހުތިރާމް ކުޑަވާ ގޮތަށް އެއްވެސް ވާހަކައެއް ނޫސްވެރިންގެ ބައްދަލުވުމުގައި އަހަރެން ދައްކާކަށް ނެތިން.” ޓުޗެލް ބުންޏެވެ.

ހެރީ ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 345 މެޗުގައި 220 ގޯލް ޖަހައިފަ އެވެ. އެކަމަކު ޓޮޓެންހަމާއެކު އުމުރުން 27 އަހަރުގެ ކޭންއަށް އަދި އެއްވެސް ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވެ އެވެ. ޓޮޓެންހަމާއެކު ކޭން އެންމެ ފަހުން 2018 ވަނަ އަހަރުހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އެބަ އޮތެވެ. މިއީ އެހެން ކްލަބަކަށް ބަދަލުވާން ކޭން މަސައްކަތްކުރާ ނަމަ އޭނާގެ މައްޗަށް ޓޮޓެންހަމަށް އޮންނާނެ އެޑްވާންޓޭޖެކެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!