ފުރަތަމަ ސަފްޙާ / ޚަބަރު / ލީގް ޓްރޮފީން ތަރި ހަދައި އަޔަކްސްގެ ސަޕޯޓަރުންނަށް ބަހާލައިފި

ލީގް ޓްރޮފީން ތަރި ހަދައި އަޔަކްސްގެ ސަޕޯޓަރުންނަށް ބަހާލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 މެއި 2021

ޑަޗް ލީގު މިފަހަރު ކާމިޔާބުކުރި އަޔަކްސް އެމްސްޓެޑަމް އިން އެ ޓީމަށް ލިބުނު ޓްރޮފީ ވިރުވައިގެން 42,000 ތަރި ހެދުމަށްފަހު އެ ކްލަބްގެ ސަަޕޯޓަރުންނަށް ބަހާލައިފި އެވެ.

އަޔަކްސް އިން މިގޮތަށް އަމަލުކޮށްފައިވަނީ ކޮވިޑް 19 ގެ ސަބަބުން ކްލަބްގެ މެޗުތައް ބަލަން ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ގެއްލުމުގެ ސަބަބުންނެވެ.

މި މަހުގެ 2 ވަނަ ދުވަހު 35 ވަނަ ފަހަރަށް ޑްޗް ލީގު ކާމިޔާބުކުރި އަޔަކްސް އިން ޓްރޮފީ ވިރުވުމަށްފަހު އެއިން  ހެދި ރިހިކުލައިގެ ތަރިތައް ބަހާލީ ސީޒަން ޓިކެޓް ނަގައިގެން ތިބި ސަޕޯޓަރުންނަށެވެ.

އަޔަކްސްގެ ޗީފް އެގްޒެކިއުޓިވް އަދި މެންޗެސްޓަ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެންޑަ ސާ ބުނެފައިވަނީ މި ސީޒަންގެ ބޮޑު ބައެއްގައި މެޗުތައް ކުޅެން ޖެހުނީ ސަޕޯޓަރުން ނުލައި ކަމަށާއި، އެއީ ޓީމަށް ލިބުނު އުނިކަމެއް ކަމަށެވެ.

“ކަން އެހެން އޮތަސް ސަޕޯޓަރުންގެ ފަރާތުން ޓީމަށް ދޭ ހިތްވަރު އަހަރެމެންނަށް ކޮންމެ ހަފްތާއަކުވެސް އިހުސާސްވޭ. ކުރިން އަހަރެމެން ސަޕޯޓަރުންގެ އެހީތެރިކަމާއެކު ތަށި ހޯދުމަށްފަހު ބުނަން މިއީސަޕޯޓަރުންނަށްޓަކައި ހޯދި އެއްޗެކޭ. އެކަމަކު އަސްލު ޓްރޮފީ ސަޕޯޓަރުންނަށް ދިނުމަކީ މިއީ ކަންނޭގެ.” ވެންޑަ ސާ ބުންޏެވެ.

އަޔަކްސް އިން ވިރުވާލި ތަށީގެ ބަދަލުގައި ޑަޗް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނ ީ ކްލަބްގެ ޓްރޮފީ ހަރުގަނޑުގައި ބެހެއްޓުމަށްޓަކައި އިތުރު ޓްރޮފީ އެއް ވަނީ ދީފަ އެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!