ފުރަތަމަ ސަފްޙާ / ޚަބަރު / ލީގު ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް އަނެއްކާވެސް ހަނިވެއްޖެ

ލީގު ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް އަނެއްކާވެސް ހަނިވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 މެއި 2021

ސްޕެނިޝް ލީގުގައި މިރޭ ލެވަންޓޭ އާ ދެކޮަށް ކުޅުނު މެޗު ކާމިޔާބުނުކުރެވުމުން ޓޭބަލްގެ އެއްވަނަ އަށް އަރަން ބާސެލޯނާއަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ. ޓޭބަލްގެ 14 ވަނައިގައި އޮތް ލެވަންޓޭ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމާއެކު ބާސެލޯނާ ޓޭބަލްގެ ދެވަނައަށް އެި ނަމަވެސް މިއީ ލީގު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. ލީގުގައި ބާކީ އެ ޓީމަށް ދެން އޮތީ އެންމެ ދެ މެޗެވެ. ބާސެލޯނާއަށްވުރެ މަދުން އެއް މެޗު ކުޅެގެން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން މާދަމާރޭ ފަސް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ކުރިއަށް އެ ޓީމު ޖެހިލާނެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފް ބާސެލޯނާ އިން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި އޭގެ ނުވަ މިނެޓް ފަހުން ޕެޑްރި ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީދު ފުޅާކޮށްދިނެވެ.

މެޗުގެ ފުރަތަމަ ހާފު ރަގަޅު ލީޑެއްގައި އޮވެގެން ބާސެލޯނާއިން ނިންމާލުމާއެކު މިރޭގެ މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކުރާނެ ކަމަށް ހީކުރެވުނެވެ. އެކަމަކު ފާހު ހާފު ފަށައިގެން 15 މިނެޓް ނުވަނީސް ލެވަންޓޭއިން ދެ ގޯލް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމާއެކު މި މެޗު ހޯދަން ބާސެލޯނާއަށް ފަސޭހަ ނުވާނެ ކަން ކަށަވަރުވި އެވެ. ލެވަންޓޭގެ ފުރަތަމަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި މެލޭރޯ ކާމިޔާބުކުރި އިރު އޭގެ ދެ މިނެޓް ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މޮރަލެސް އެވެ.

ލެވަންޓޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓް ފަހުން ބާސެލޯނާއިން ލަނޑެއް ޖަހައި އަލުން ލީޑު ހޯދި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެ ފަހުން ދެން އަނެއްކާވެސް ފެނުނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލެވަންޓޭގެ ލިއޮން ލަނޑެއް ޖަހައި އެ ޓީމަށް މެޗު އެއްވަރުކޮށްދިންތަނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!