ފުރަތަމަ ސަފްޙާ / ޚަބަރު / މެޑްރިޑުން ގެއެއް ހޯދުމުގެ މަސައްކަތް އެމްބާޕޭ ފަށައިފި

މެޑްރިޑުން ގެއެއް ހޯދުމުގެ މަސައްކަތް އެމްބާޕޭ ފަށައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 އެޕްރީލް 2021

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ މެޑްރިޑުން ގެއެއް ހޯދުމުގެ މަސައްކަތް ފަށައިފިކަމަށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ގޯލް އިން ރިޕޯޓްކޮށްފި އެވެ.

އެންމެ ފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނުނު އުމުރުން 22 އަހަރުގެ އެމްބާޕޭ މިހާރު ކުޅެމުން އަންނަ ޕީއެސްޖީ އާ އެކު އާ އެއްބަސްވުމެއްގައި މިހާތަނަށް ސޮއިކޮށްފައި ނުވާއިރު އޭނާ ކްލަބްގައި މަޑުކޮށްފާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ޔޫރަޕްގެ ގިނަ ކްލަބްތަކަކުން އެމްބާޕޭއަށް ފާރަލަމުން އަންނަ އިރު އޭނާ ބަދަލުވުން އެންމެ ގާތް ކަމަށް ބެލެވެނީ ރެއާލް މެޑްރިޑަށެވެ. ރެއާލް މެޑްރިޑުން ވަނީ އަންނަ ހޫނު މޫސުމުގައި އެ ޓީމުން ގަންނަން ނިންމާފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އެމްބާޕޭ ހިމަނައިފަ އެވެ.

އެމްބާޕޭ ގެ ޓްރާންސްފާ އާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވުނު ނަމަވެސް އެމްބާޕޭ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ. އެމްބާޕޭގެ އަމާޒު މިވަގުތު ސީދާކޮށްފައި ހުރީ ޕީއެސްޖީ އަށް ލީގު ހޯދައި ދިނުމަށާއި ފުރަތަމަ ފަހަރަށް އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!