ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާގެ އޮފީސް ބަލައި ފާސްކުރުމަށްފަހު ބަޔަކު ހައްޔަރުކޮށްފި

ބާސެލޯނާގެ އޮފީސް ބަލައި ފާސްކުރުމަށްފަހު ބަޔަކު ހައްޔަރުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 މާރޗް 2021

ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ބާސެލޯނާގެ ހެޑް އޮފީހަށް އެ ގައުމުގެ ފުލުހުން ވަދެ ބަލައި ފާސްކުރުމަށްފަހު ބަޔަކު ހައްޔަރުކޮށްފި އެވެ. މިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ހައްޔަރުކުރީ ކޮންބައެއް ކަމެއް އަދި، ކިތައް މީހުން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ބާސެލޯނާއާ ގުޅޭގޮތުން ފެންމަތިވެފައިވާ ފައިސާގެ މައްސަލަތަކަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ ތެރެއިން ކުލަބްގެ އޮފީސް ބަލައި ފާސްކޮށްފައިވަނީ މިއަދު އެވެ. ބާސެލޯނާގެ އޮފީސް ބަލައި ފާސްކުރުމަށްފަހު މިއަދު ބަޔަކު ހައްޔަރުކޮށްފައިވާ އިރު ކުލަބްގެ އާ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އޮތީ އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުލަބްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދިން ޖޯސެޕް މަރީއަ ބާޓޯމީ ހިމެނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!