ފުރަތަމަ ސަފްޙާ / ޚަބަރު / އެއްވަނަ އާ ގާތްކުރަން ރެއާލްއަށް ލިބުނު ފުރުސަތު ރަނަށް ހަދައިފި

އެއްވަނަ އާ ގާތްކުރަން ރެއާލްއަށް ލިބުނު ފުރުސަތު ރަނަށް ހަދައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 ފެބްރުއަރީ 2021

ސްޕެނިޝް ލީގު ޓޭބަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވެފައި ވަނިކޮށް ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ ރެއާލް ވަލަޑޮލިޑް އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފި އެވެ. ރަށުން ބޭރުގައި ރޭ ވަލަޑޮލިޑް އަތުން ރެއާލް މޮޅުވީ 0-1 އިންނެވެ.

ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލަށް ބަލާލާއިރު ރޭ އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން 0-2 އިން ބަލިވި އެތުލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 55  ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެތުލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެފައިވީ ނަމަވެސް އެ ޓީމު އަދިވެސް އޮތީ އެތުލެޓިކޯ އަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އޮތީ ރެއާލް އަށްވުރެ ދެ މެޗް މަދުން ކުޅެގެން ހަ ޕޮއިންޓް ފަހަތުގަ އެވެ.

ވަލަޑޮލިޑާ ދެކޮޅަށް ރެއާލް އިން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކަސެމީރޯ އެވެ. މި ލަނޑުގެ ކުރިން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އަށް މެޗުގައި ލަނޑު ޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެސް ވި އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑްގެ މަރިއާނޯ ޑިއަޒް، ވަލަޑޮލިޑްގެ ގޯލް ދާގަނޑުގައި ދެފަހަރު ބޯޅަ ތަތްކޮށްލި ނަމަވެސް އެ ދެ ފަހަރުވެސް ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމާފަ އެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ ވެސް ވެނީ ވަލަޑޮލިޑުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!