ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑްގެ އޮޑިގާޑް އާސެނަލަް އަށް ސޮއިކޮށްފި

ރެއާލް މެޑްރިޑްގެ އޮޑިގާޑް އާސެނަލަް އަށް ސޮއިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ޖެނުއަރީ 2021

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ނޯވޭގެ އެޓޭކިންގ މިޑްފީލްޑަރ މާޓިން އޮޑިގާޑް ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލް އަށް ސޮއިކޮށްފި އެވެ. މި ސީޒަން ނިމެންދެން އާސެނަލްގައި މަޑުކުރާ ގޮތަށް އޮޑެގާޑް ސޮއިކުރި އިރު ރެއާލް މެޑްރިޑްގައި އުމުރުން 22 އަހަރުގެ މި ކުޅުންތެރިޔާ އަށް މި ސީޒަނުގައި އަދި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ނެދަލޭންޑްސްގެ އަޔަކްސް އެމްސްޓެޑަމް އިންވެސް ހޯދަން މަސައްކަތްކުރަމުން އައި އޮޑެގާޑް މިދިޔަ ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަށެވެ. 2015 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު އޮޑެގާޑް މި ސީޒަނުގައި އެ ޓީމަށް ކުޅެފައިވަނީ އެންމެ އަށް މެޗެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވަނީ އޮޑެގާޑް އަކީ އެންމެންވެސް ދަންނަ ކުޅުންތެރިއެއް ކަމަށާއި، ޒުވާން ކުޅުންތެރިޔަކަށްވިޔަސް އެންމެ މަތީ ފެންވަރުގައި އޭނާ ކުޅެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

“އޮޑެގާޑް ޓީމާ ގުޅުމުން ޓީމުގެ އެޓޭކިންގ ގައި އިތުރު ރަގަޅު އޮޕްޝަންތައް ލިބޭނެ.” އާޓެޓާ ބުނެފައިވެ އެވެ.

އޮޑެގާޑް އާސެނަލްގެ ޖޯޒީގައި އެންމެ ފުރަތަމަ ފެންނާނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!