ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލާއި ޔުނައިޓެޑް މި މަހު ދެފަހަރަށް ވާދަކުރަންޖެހިއްޖެ

ލިވަޕޫލާއި ޔުނައިޓެޑް މި މަހު ދެފަހަރަށް ވާދަކުރަންޖެހިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ޖެނުއަރީ 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ އާދީއްތަ ދުވަހު ޓޭބަލްގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ހަމަޖެހިފައިވަނިކޮށް އޭގެ ހަފްތާއެއް ފަހުން އެ ދެ ޓީމު އަނެއްކާވެސް ބައްދަލުކުރަންޖެހިއްޖެ އެވެ. ޕްރިމިއަރ ލީގުގެ އެންމެ ޒަމާންވީ ވާދަވެރިންގެ ގޮތުގައި މަޝްހޫރުވެފައިވާ ލިވަޕޫލާއި، މެންޗެސްޓަރ ޔުނައިޓެޑް މި މަހު ދެވަނަ ފަހަރަށް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަކީ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މި ދެ ޓީމު ވާދަކުރަން ހަމަޖެހިފައިވާ މެޗެވެ.

މި މަހުގެ 23 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ލިވަޕުލާއި ޔުނައިތެޑް ބައްދަލުކުރާ އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ މެޗު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގަ އެވެ. ޕްރިމިއަރ ލީގުގައި އަންނަ އާދީއްތަ ދުވަހު މި ދެ ޓީމު އެންފީލްޑްގައި ބައްދަލުކުރަން ހަމަޖެހިފައިވާއިރު މިވަގުތު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތް ނަމަވެސް މިރޭ ލީގުގައި ބާންލީ އާ ދެކޮޅަށް ކުޅޭ މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ޓޭބަލްގެ އެއްވަނަ ލިބޭނެ އެވެ. ލިވަޕޫލާއި ޔުނައިޓެޑަކީ އިނގިރޭސި ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ދެ ޓީމެވެ. ލިވަޕޫލުން މިހާތަނަށް އިނގިރޭސި ލީގު 19 ފަހަރު އުފުލާލައިފައިވާ އިރު ޔުނައިޓެޑުން ވަނީ 20 ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފަ އެވެ.

އެފްއޭކަޕްގެ ހަތަރު ވަނަ ބުރުގައި ކުޅޭ އިތުރު ބައެއް މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ ވާދަކުރަން ހަމަޖެހިފައިވަނީ ރަށުން ބޭރުގައި، ލީގު ދޭއް ގައި ކުޅެމުން އަންނަ ޗެލްޓެންހަމް ޓައުން އާ އެވެ. ޗެލްސީ އަށް އަމިއްލަ ދަނޑުގައި ލިއުޓަން އާ ދެކޮޅަށް ކުޅެން ލިބުނު އިރު އާސެނަލް ވާދަކުރަން ހަމަޖެހިފައިވަނީ ތިންވަނަ ބުރުގައި ސައުތުހެމްޕްޓަން އާއި ޝްރޯސްބަރީ ވާދަކޮށްގެން މޮޅުވާ ޓީމަކާ އ

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!