އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓްގެ ގޮތުން އެއް ވަނައިގައި އޮތް ލިވަޕޫލާ އަރާ ހަމަކޮށްފި އެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން އެސްޓަން ވިލާގެ މައްވޗަށް ކުރި ހޯދީ 1-2 އިންނެވެ.
ޔުނައިޓެޑުން ރޭ ހޯދި މޮޅާއެކު އެ ޓީމަށް ވަނީ މިހާތަނަށް 16 މެޗު ކުޅެގެން 33 ޕޮއިންޓް ލިބިފަ އެވެ. ފައިދާ ގޯލުގެ ތަފާތުން ޔުނައިޓެޑަށްވުރެ ލިވަޕޫލް ކުރީގައި އޮތް އިރު ތިންވަނައިގައި އޮތް ލެސްޓަރ ސިޓީ އޮތީ އެ ދެޓީމަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. މިއީ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ވަކިވި ފަހުން ސީޒަންގެ މިހާ ހިސާބުގައި ލީގުގެ އެއްވަނައިގައި އޮތް ޓީމާ މިހާ ގާތަށް ޔުނައިޓެޑަށް އާދެވުނު ފުރަތަމަ ފަހަރެވެ.
މި ސީޒަންގައި ރަގަޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާ އަތުން ރޭ ޔުނައިޓެޑް ހޯދި މޮޅާއެކު ލީގުގައި ބަލިނުވެ އެ ޓީމުން ޖެހިޖެހިގެން ކުޅުނު މެޗުގެ އަދަދު ދިހައަކަށް އެރީ އެވެ. އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ބަލިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އޯލްޑް ޓްރެފޯޑްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ރޭގެ މެޗަކީ އޭގެ ފަހުން ލީގުގައި ޔުނައިޓެޑުން ކުޅުނު ދިހަ މެޗުގެ ތެރެއިން ކާމިޔާބުކުރި އަށްވަނަ މެޗެވެ. އާސެނަލް އަތުން ޔުނައިޓެޑް ބަލިވިއިރު ލިވަޕޫލާ ޔުނައިޓެޑާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އޮތެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފަރަންސޭސި ފޯވާޑް އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑުން ލީޑު ނެގުމުގެ ކުރިންވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް އެ ޓީމަށް ލިބުނެވެ. އެގޮތުން މާޝިއަލް އެސްޓަން ވިލާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެ ޓީމުގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ހުށިޔާރުކަމާއެކު ދިފާއުކޮށް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ފޮނުވާލި އިރު ޔުނައިޓެޑަށް ލިބުނު އިތުރު ދެ ފުރުސަތެއްގައި ބްރޫނޯ ފެނާންޑެސް އާއި ޑިފެންޑަރު ވެން ބިސާކާ ފޮނުވާލި ބޯޅަތައް ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާ އެވެ.
ޔުނައިޓެޑަށް ކުރިން ކޯޗުކަން ކޮށްދީފައިވާ ޓޮމީ ޑޮކާޓީ މިދިޔަ ހަފްތާގެ ތެރޭގައި މަރުވުމާ ގުޅިގެން އޭނާގެ ހަނދާނުގައި އެއް މިނެޓްގެ ސުކޫތެއް ގެނައުމަށްފަހު ފެށި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ ފަރާތުން ރަގަޅު ކުޅުމެއް ފެނުނު ނަމަވެސް ޔުނައިޓެޑްގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިކުރެވޭ ވަރުގެ ހަމަލާ އެއް އެ ހާފުގައި ފޮނުވާލެވިފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ 58 ވަނަ މިނެޓްގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. އެސްޓަން ވިލާއަށް ރޭގެ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޖެކް ގްރީލިޝް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބާޓްރަންޑް ޓްރިއޯރޭ އެވެ. އެސްޓަން ވިލާއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމުގެ ކުރިންވެސް ގްރީލިޝް އަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފަހު ހާފުގެ ކުރީ ކޮޅު އޭނާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ.
ބަލާހިތްވާކަހަލަ ރީތި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ ރޭގެ މެޗުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފެނާންޑެސް އެވެ. އެސްޓަންވިލާގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ޕެނަލްޓީ އޭރިޔާގެ ތެރެއިން ވައްޓާލުމާ ގުޅިގެން ލިބުނު މި ޕެންލްޓީން ފެނާންޑެސް ކާމިޔާބުކުރި ލަނޑަކީ މިފަހަރުގެ ލީގުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މި ލަނޑުގެ ފަހުންވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފަހުކޮޅު ފެނާންޑެސް އާއި މާޝިއަލް އެސްޓަންވިލާގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ގޯލްކީޕަރު މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް އެސްޓަން ވިލާއިން ނަތީޖާ ހަމަހަމަކުރުމަށްޓަކައި ރަގަޅު ދެ ހަމަލާ އެއް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލި އެވެ. އެގޮތުން އެސްޓަން ވިލާއަށް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތެއްގައި އެ ޓީމު ސބްރޫނޯ ފެނާންޑެސް އާއި ޑިފެންޑަރު ވެން ބިސާކާ ފޮނުވާލި ބޯޅަތައް ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާ އެވެ.
ގެ ޓިރީން މިންގްސް ބޮލުންޖަހައި ފޮނުވާލި ބޯޅައެއް ގޯލާ އަމާޒު ނުވެ ދިޔައިރު އެ ޓީމުގެ މެޓީ ކޭޝް ވަރަށް ދުރުގައި ހުރެފައި ފޮނުވާލި ބާރު ބޯޅައެއް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.