ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގު: ދެ ވަނަ ބުރުގައި ބާސެލޯނާ އާއި ޕީއެސްޖީ ވާދަކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގު: ދެ ވަނަ ބުރުގައި ބާސެލޯނާ އާއި ޕީއެސްޖީ ވާދަކުރަން ޖެހިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ޑިސެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިންގެ ބާސެލޯނާ އާއި މިދިޔަ ސީޒަނުގެ ފައިނަލްގައި ކުޅުނު ޕީއެސްޖީ ވާދަކުރަން ޖެހިއްޖެ އެވެ.

އެހެން މެޗުތަކަށް ބަލާއިރު އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ނުކުންނާނީ ޖަރުމަނުގެނބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށެވެ. ލިވަޕޫލް ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލި ޖަރުމަނުގެ އާރުބީ ލައިޕްޒިގާ އެވެ. ޗެލްސީއާ އެތުލެޓިކޯ މެޑްރިޑް ވާދަކުރާއިރު ބޮރޫޝިއާ ޑޯޓްމަންޑް ކުޅޭނީ ސްޕެއިންގެ ސެވިއްޔާއާ އެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ނުކުންނާނީ އިޓަލީގެ އެޓަލާންޓާއާ އެވެ. ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިއުނިކް ލާޒިއޯއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސް ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ.

ބާސެލޯނާ އާއި ޕީއެސްޖީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ވާދަކުރީ 2017 ވަނަ އަހަރުގެ ދެ ވަނަ ބުރުގަ އެވެ. އެ ބުރުގެ ފުރަތަމަ ލެގްގައި ޕީއެސްޖީ އިން 4-0 އިން މޮޅުވެފައިވަނިކޮށް ބާސެލޯނާ އިން ވަނީ ދެ ވަނަ ލެގްގައި 6-1 އިން ޕީއެސްޖީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭރު ބާސެލޯނާ އިން ޕީއެސްޖީ ބަލިކުރިއިރު މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ނޭމާ މިފަހަރު ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ 16، 17، 23 އަދި 24 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 9، 10، 16، އަދި 17 ވަނަ ދުވަހު އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ އަންނަ އަހަރުގެ މެއި 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!