އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި ވިއެޓްނާމްގެ އެންގުޔެން ވެން ކުއެޓްއާ ވާދަކުރާ އޮންލައިން ޕޯލްގައި މިވަގުތު ވޯޓުން ދަގަނޑޭ އޮތީ ކުރީގަ އެވެ.
އޭއެފްސީ ވެބްސައިޓްގައި ކުރިއަށްގެންދާ މި ޕޯލަށް 32 ކުޅުންތެރިއަކު ޖެހި ގޯލު ވަނީ ހިމަނައިފަ އެވެ. މިހާރު ކުރިއަށްދަނީ މި ޕޯލްގެ ކުއާޓާ ފައިނަލުގެ މެޗުތަކެވެ. ކުއާޓާ ފައިނަލުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ނިމި ބާކީ އޮތީ ހަމައެކަނި ދަގަނޑޭ ވާދަކުރާ މެޗެވެ. ދަގަނޑޭ ސެމީ ފައިނަލަށް ހޮވިއްޖެ ނަމަ އަނެއްކާ ވެސް ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ކުޅުންތެރިއަކާ އެވެ. ދަގަނޑޭ ހިމެނޭ ފަޅިން ސެމީގެ ފުރަތަމަ ޖާގަ ހޯދީ ވިއެޓްނާމްގެ ހެނޯއީ އެފްސީގެ އެންގުޔެން ކުއާކް ހާއީ އެވެ. 80 އިންސައްތަ ވޯޓު ހޯދައި ވިއެޓްނާމްގެ މި ކުޅުންތެރިޔާ ކުރި ހޯދީ އިންޑިއާގެ އީސްޓް ބެންގާލްގެ މެހްތަބު ހުސައިންއާ ވާދަކޮށެވެ.

މިވަގުތުގެ ނަތީޖާ ދައްކާގޮތުން ދަގަނޑޭ ކުރީގައި. ވޯޓްލުން ބަންދުވާނީ މާދަމާ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު
ދަގަނޑޭ އަށް ވޯޓުލުމުގެ ސޯޝަލް މީޑީއާ ބޮޑެތި ކެމްޕޭންތައް ކުރިއަށްގެންދާއިރު މިވަގުތުގެ ނަތީޖާ ދައްކާގޮތުން ދަގަނޑޭ ވަނީ 59.5 އިންސައްތަ ހޯދައިފަ އެވެ. ވިއެޓްނާމްގެ ކުޅުންތެރިޔާއަށް ލިބިފައިވަނީ 40.5 އިންސައްތަ އެވެ.
ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ އެ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. ދަގަނޑޭއާ ވާދަކުރާ ވެން ކުޔެޓްގެ ގޯލަކީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ސެރެސް ނިގްރޯސް ކޮޅަށް ޖެހި ލަނޑެކެވެ.
Hurihaa Beyfulhun ves @AliAshfaq07 ah vote dhevaa. https://t.co/5pQC2UJ3nM
— Marzooq (Mare') (@AhmedMarzooq) November 15, 2020
ދަގަނޑޭ މިވަގުތު ކުރީގައި އޮތްއިރު މި ޕޯލްގެ ވޯޓުލުން ހަމަވާނީ މާދަމާ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ. އެހެންވެ ދަގަނޑޭ އަށް މިވަގުތު ލިބިފައި އޮތް ލީޑު ފުޅާކުރުމަށް މުޅި ދިވެހި ގައުމު ދަނީ އެދެމުންނެވެ. ސޯޝަލް މީޑިއާ ކެމްޕޭނުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވެ ދަގަނޑޭ އަށް ވޯޓް ލުމަކީ މުޅި ގައުމަށް ލިބޭނެ ފަހުރެކެވެ. މި ޕޯލަށް ބޭނުންވަރަކަށް ވޯޓު ލެވޭނެ އެވެ. ވޯޓް ލުމަށް ފަހު ރީފްރެޝް ކޮށްލުމުން އަލުން ލާ ވޯޓް ބަލައިގަނެ އެވެ.
ދިވެހިންގެ އެދުމަކީ ރާއްޖޭގެ ތާރީހް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލުން ފުރުސަތު ލިބުމެވެ. އެންމެވެސް ގައުމީ ބަތަލު ދަގަނޑޭ އަށް ހުއްޓުމެއް ނެތި ވޯޓު ދީ ފަރަގު ބޮޑުކޮށްލަން ހިނގާށެވެ.
✨ @AliAshfaq07 ???????? ???? ???????? Nguyen Van Quyet ✂️
???? Who makes the #AFCCup Bracket Challenge semi-finals? YOU DECIDE!
????️ VOTE ???? https://t.co/xdMKshxq4L pic.twitter.com/p4QjiICrE6
— AFC (@theafcdotcom) November 14, 2020