ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫއެފާއިން މޮރީނިއޯ އަށް އަދަބު ދީފި

ޔޫއެފާއިން މޮރީނިއޯ އަށް އަދަބު ދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ނޮވެމްބަރު 2020

މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ފަށަން ހަމަޖެހިފައި އޮތް ގަޑިއަށް ދަނޑަށް ނުނުކުތުމުން ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އަދަބުދީފި އެވެ. 0-1 އިން ޓޮޓެންހަމް ބަލިވި މި މެޗުގައި އެ ޓީމުން ކުޅެން އެރުން ލަސްވުމާއި ގުޅިގެން ޔޫއެފާ އިން މޮރީނިއޯ ދިން އަދަބަކީ އެއް މެޗަށް ސަސްޕެންޑް ކުރުމެވެ.

މޮރީނިއޯ ޔޫރަޕްގެ މުބާރާތުގެ މެޗަކުން ސަސްޕެންޑް ކުރުމުގެ އިތުރުން ޔޫއެފާ އިން ވަނީ މެޗަށް ލަހުން ނުކުތުމުގެ ސަބަބުން 23 ހާސް ޕައުންޑުން ޓޮޓެންހަމް ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދި، މީގެ އިތުރުން ޔޫއެފާގެ ގަވައިދާ ހިލާފުވުމުގެ ސަބަބުން އެކަމުގެ އަދަބެއްގެ ގޮތުން އިތުރު 2،600 ޕައުންޑުން އެ ޓީމު ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ޖޭ ގައި ޓޮޓެންހަމް ވާދަކުރަމުން އަންނައިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!