ފުރަތަމަ ސަފްޙާ / ޚަބަރު / ސަލާހް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ސަލާހް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ނޮވެމްބަރު 2020

މިސްރުގެ ގައުމީ ޓީމާއެކު ފަރިތަކުރަމުން އައި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާހް ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިކަން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ކަށަވަރުކޮށްދީފަ އެވެ.

“ގައުމީ ޓީމުގެ ކުޅުންތެރިން ކޯވިޑް 19 އަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުނު އިރު ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހްގެ ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައި. ކުޅުންތެރިޔާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ. ޓީމުގެ އެހެން ކުޅުންތެރިންގެ ނަތީޖާ ނެގެޓިވް.” މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސަލާހް ކޯވިޑަށް ޕޮޒިޓިވްވެފައި މިވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޓޯގޯ އާ ދެކޮޅަށް މިސްރުން ކުޅެންޖެހޭ ދެ މެޗަށް ޓީމާއެކު ފަރިތަކުރަމުން އަންނަނިކޮށެވެ. މި ސީޒަންގައި ލިވަޕޫލަށް މިހާތަނަށް ދިހަ ގޯލް ކާމިޔާބުކޮށްދީފައިވާ އުމުރުން 28 އަހަރުގެ ސަލާހް ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން 14 ދުވަހުގެ މުއްދަތަށް އައިސޮލޭޝަންގައި ހުންނަންޖެހޭނެތީއާއެކު ނޮވެމްބަރު 21 ވަނަ ދުވަހު ލެސްޓަރ ސިޓީއާ ދެކޮޅަށް ލީގުގައި ލިވަޕޫލުން ކުޅޭ މެޗުގައި އޭނާއަކަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން އެ ހަފްތާގައި އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށް ލިވަޕޫލުން ކުޅޭ ޗެމްޕިއަންސް ލީގު މެޗުންވެސް ސަލާހް ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!