އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ 24 ޓީމު ކަށަވަރު ވެއްޖެ އެވެ. ރެއާއި ހަމައަށް މުބާރާތުގައި ވާދަކުރާނެ 20 ޓީމެއް ކަށަވަރުވެފައި އޮތްއިރު އެންމެ ފަހު ހަތަރު ޖާގަ ލިބުނު ޓީމުތައް އެނގުނީ ރޭ ކުޅުނު ޕްލޭ އޯފް މެޗްތަކުންނެވެ.
ރޭ ކުޅުނު ޕްލޭ އޯފް މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފަހު ހަތަރު ޖާގަ ކަށަވަރުކޮށްފައިވަނީ ނޯތު މެސެޑޯނިއާ، ސްކޮޓްލެންޑްއ، ސްލޮވާކިއާ އަދި ހަންގޭރީ އެވެ.
The #EURO2020 groups are set! ????
Which game are you looking forward to most?
— UEFA EURO 2024 (@EURO2024) November 12, 2020
ޔޫރޯ ކޮލިފައިންގައި ކުޅުނު އެންމެ ފަހު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ނޯތު މެސެޑޯނިއާ އިން ޔޫރޯގެ ޖާގަ ކަށަވަރުކޮށްފައިވަނީ ޖޯޖިއާ އާ ވާދަކޮށް 0-1 އިން ކުރި ހޯދައިގެންނެވެ. ސްލޮވާކިއާއިން ނޯދަން އަޔަލޭންޑް ގެ މައްޗަށް ކުރި ހޯދައި ޔޫރޯގެ ޖާގަ އެއް ކަށަވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވެފައިވަނިކޮށް އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގައި ގޯލެއް ޖަހައިގެންނެވެ. 23 އަހަރަށްފަހު ސްކޮޓްލެންޑުން ޔޫރޯގެ ޖާގަ އެއް ކަށަވަރުކޮށްފައިވަނީ ސާބިއާ އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ރޭ އެންމެ ހިތްދަތި ގޮތަކަށް ޔޫރޯގެ ޖާގަ ގެއްލުނު ގައުމަކީ އައިސްލޭންޑެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގިނަ ބަޔަކު ހައިރާންކޮށްލި އައިސްލޭންޑުން ރޭ ހަންގޭރީ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ މެޗުގެ ކުރީކޮޅު ލީޑު ނަގައިފައިވަނިކޮށް ހަންގޭރީން އެންމެ ފަހު ދެތިން މިނެޓްގެ ތެރޭގައި ދެ ގޯލު ޖަހައި ކުރި ހޯދުމުންނެވެ.
ކޯވިޑް 19 ގެ ސަބަބުން އަންނަ އަހަރުގެ ޖޫން އާ ހަމައަށް ފަސްކުރަންޖެހުނު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮޅިފައިވެފައިވާ 24 ޓީމު ގްރޫޕްތަކަށް ބެހިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.
ގްރޫޕް އޭ : ތުރުކީ، އިޓަލީ، ވޭލްސް، ސްވިޒަލޭންޑް
ގްރޫޕް ބީ: ބެލްޖިއަމް، ޑެންމާކް، ފިންލެންޑް، ރަޝިޔާ
ގްރޫޕް ސީ: އޮސްޓްރިއާ، ނެތަލޭންޑްސް، ނޯތު މެސެޑޯނިއާ، ޔޫކުރެއިން
ގްރޫޕް ޑީ: ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އިންގްލެންޑް، ސްކޮޓްލެންޑް
ގްރޫޕް އީ: ޕޮލެންޑް، ސްޕެއިން، ސްވިޑަން، ސްލޮވާކިއާ
ގްރޫޕް އެފް: ފްރާންސް، ޖާމަނީ، ޕޯޗުގަލް، ހަންގޭރީ