ފުރަތަމަ ސަފްޙާ / ޚަބަރު / ގޯމޭޒް ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް

ގޯމޭޒް ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ނޮވެމްބަރު 2020

އިނގިރޭސި ގައުމީ ޓިމުގެ ޕްރެކްޓިހުގައި އުޅެނިކޮށް އަނިޔާވި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒްގެ ކަކޫ އޮޕަރޭޝަން ކުރަންޖެހުމާއެކު ސީޒަންގެ ބާކީ އޮތް ބައިން ދިގު މުއްދަތަތެއް އޭނާއަށް ކުޅުމާ ދުރުގައި ހުންނަންޖެހުން ގާތްކަމަށް ލިވަޕޫލުން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ގޯމޭޒްގެ އަނިޔާއާ ގުޅޭގޮތުން ލިވަޕޫލުން ބުނެފައިވަނީ ގޯމޭޒްގެ ވާތު ފައިގެ ކަކުލުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަށެވެ.

“ގޯމޭޒްގެ އަނިޔާއިން ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް ބުނާކަށް އަދި ނޭނގޭ. އެނގޭހާވެސް އެއްޗަކީ ސީޒަންގެ ބޮޑު ބައެއް ގޯމޭޒްއަށް ގެއްލުން ގާތްކަން.” މި ސީޒަނުގައި އެންމެ މެޗެއް ފިޔަވައި ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގުގައާއި، ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައިވާ ގޯމޭޒްގެ އަނިޔާ އާ ގުޅޭގޮތުން ލިވަޕޫލުން ބުނެފައިވެ އެވެ.

ގޯމޭޒަށް އަނިޔާވުމުން އެންމެ ބޮޑު ބޮލުގަ ރިހުމެއް ކުރިމަތިވާނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށެވެ. އެޓީމުގެ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު ވެން ޑައިކްގެ ބަދަލުގައި ޑިފެންސަށް ކުޅުވި ފަބީނިއޯ ވެސް މިހާރު ހުރީ އަނިޔާގަ އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ޑިފެންޑަރު ޓްރެންޓް އަލެކްޒަންޑަރ- އާނޯލްޑް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.

ގޯމޭޒް އާއި އާނޯލްޑްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާވެ މަހެއްހާ މުއްދަތަށް ވަނީ ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. ޝޯ އަށް އަނިޔާވީ ލީގުގައި ރަށުން ބޭރުގައި އެވަޓަން އަތުން މޮޅުވި މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!