ފުރަތަމަ ސަފްޙާ / ޚަބަރު / ސުއަރޭޒްއާ މެދު ބާސެލޯނާއިން ކަންކުރީ ރަގަޅަކަށް ނޫން: މެސީ

ސުއަރޭޒްއާ މެދު ބާސެލޯނާއިން ކަންކުރީ ރަގަޅަކަށް ނޫން: މެސީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ސެޕްޓެމްބަރު 2020

ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާ މެދު ކުލަބުން އަމަލުކޮށްފައިވަނީ އެންމެ ރަގަޅަށް ނޫނުއކަމަށާއި، އެތުލެޓިކޯ އަށް ސުއަރޭޒް ފޮނުވާލުމުގައި ބާސެލޯނާއިން އެއަށްވުރެ ރަގަޅަށް އޭނާ އާ ދޭތެރޭ ކަންކުރަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ސުއަރޭޒް މި ނިމުނު ހަފްތާގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައި ވަނީ ބާސެލޯނާގެ ކޯޗު ކަމުގެ މަގާމާ އަލަށް ހަވާލުވި ނެދަލޭންޑްސްގެ ރޮނަލްޑް ކޫމަންގެ ޕްލޭންގައި އޭނާ ހިމެނިފައި ނުވާ ކަމަށް ކުލަބުން އެންގުމާ ގުޅިގެންނެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބާ ގުޅިގެން ޓީމަށް ކުރިމަތިވި މައްސަލަގަނޑުގެ ތެރޭގައި މެސީ ވެސް ބާސެލޯނާ ދޫކޮށް ދާން ބޭނުންވާކަން ރަސްމީކޮށް ކުލަބަށް އެންގި އެވެ. އެހެން ނަމަވެސް މެސީ މި މަހުގެ ކުރީކޮޅު މީޑިއާ ގައި  ބުނެފައި ވަނީ ކުލަބު ދުކޮށްލަން ބޭނުންޥިޔަސް އެހެން ގޮތެއް މިވަގުތު ނެތުމުން ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. މެސީ އިތުރަށް ބުނެފައިވަނީ ބާސެލޯނާގެ ރައީސް އޭނާ އަށް އޮޅުވާލި ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމާ ގުޅިގެން އިންސްޓަގްރާމްގައި މެސީ އާންމުކުރި ޕޯސްޓެއްގައި  ބުނެފައިވަނީ އެހެން ކުލަބެއްގެ ޖޯޒީގައި ސުއަރޭޒް ކުޅޭތަން ބަލަން އޭނާ އަށް އުނދަގޫވާނެ ކަމަށާއި، ބާސެލޯނާ އަށް ސުއަރޭޒް ކޮށްދިން ހިދުމަތަށް ބަލާއިރު ސުއަރޭޒް ފޮނުވާލުމުގައި ބާސެލޯނާ އަށް އެއަށްވުރެ ރަގަޅަށް އޭނާ އާ ދޭތެރޭ ކަންތައްތައް ކުރެވެން ވާނެ ކަމަށެވެ.

“ސުއަރޭޒް އަކީ ކުލަބުގެ ތާރީހުގައިވެސް ދުށް އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް. ސުއަރޭޒް ވަނީ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައި. ސުއަރޭޒް ބޭރުކޮށްލި ގޮތަށް އެކަކުވެސް ބޭރުކޮށްލާ ތަން ދެކޭކަށް ބޭނުމެއް ނޫން. އެކަމަކު ހަގީގަތަކީ މިވަގުތު އެފަދަ ކަމެއް ހިނގުމަކުން އަހަރެން ހައިރާން ނުވާކަން.” މެސީ ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސެލޯނާގައި ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި އެ ޓީމަށް 283 މެޗު ކުޅެ 198 ގޯލު ޖަހައިދީފައިވެއެވެ. އަދި، ސުއަރޭޒް އަކީ ބާސެލޯނާގެ މުޅި ތާރީހުގައިވެސް ތިންވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވ

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!