ފުރަތަމަ ސަފްޙާ / ޚަބަރު / އައްޑޫ ސިޓީ ފޭދޫގައި ހަދަން ފެށި ސްވިމިން ޓްރެކް ނިންމައި ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީ ފޭދޫގައި ހަދަން ފެށި ސްވިމިން ޓްރެކް ނިންމައި ބޭނުންކުރަން ފަށައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 22 އޮގަސްޓް 2020

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އައްޑޫ ސިޓީ ފޭދޫގައި އެޅި ސްވިމިން ޓްރެކްގެ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފަށައިފި އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު ސްވިމިން ޓްރެކްގެ މަސައްކަތް ނިންމާލެވުނީތީ އުފާކުރައްވާ ކަމަށެވެ. ޓްރެކް ނިންމާލުމުގައި އެހީތެރިވެދިން ހުރިހާ މުއައްސަސާތަކަށާއި، މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުގެ އިތުރުން ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރަށް މަހުލޫފް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. މަހުލޫފް ވިދާޅުވީ ސްވިމިން ޓްރެކަށް ފަހު ދެން އޮންނާނީ ފޭދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކަމަށެވެ.

S.Feydhoo swimming track COVID aai gulhigen dhimaavi hurasthakahfahu nimmaalevuneethee ufaakuran.@MDVswim,Addu @PoliceMv, @AdduCityCouncil,YC @shaneeu,MP @nihad_m adhi haassakoh zuvaan volunteerunnah shukuriyya.

Lasveethee varah bodah maaf.????????
Iraadhakureviyyaa dhen othee dhandu. pic.twitter.com/tkhGzn4UAw

— Ahmed Mahloof (@AhmedMahloof) August 22, 2020

ޔޫތު މިނިސްޓްރީގެ ބަޖެޓުން ހަތް ލައްކަ ފަސްދޮޅަސް ތިން ހާސް ހަރަދުކޮށްގެން އެޅި މި ސްވިމިން ޓްރެކްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ސަރުކާރުގެ ވައުދާ އެއްގޮތަށް ސްވިމިން ޓްރެކްތައް އަޅަން ނިންމައި ފޭދޫގެ އިތުރުން މިހާރު ވަނީ ތިން ރަށެއްގައި މި މަސައްކަތް ނިންމައިފަ އެވެ. އެއީ އައްޑޫ ސިޓީގެ މީދޫ އާއި ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގެ ސްވިމިން ޓްރެކްތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!