އެފްއޭއެމްގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ޓެކްނިކަލް ޑިރެކްޓަރު ޖުޑާން އަލީ، މުސާރަ ކުޑަކުރަން އެއްބަސްނުވުމުން އޭނާ މިއަދު މަގާމުން ވަކިކޮށްފި އެވެ. އިންގްލެންޑަށް އުފަން ޖުޑާލް އަލީ މަގާމުން މިއަދު ވަކިކޮށްފައިވާއިރު އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެފްއޭއެމާ ހަވާލާދީ “މިހާރު” ނޫހުން ބުނެފައިވަނީ ޖުޑާން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ މަހަކު 9000 ޑޮލަރު ދޭގޮތަށް ކަމަށާއި، އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހާލަތާއި ގުޅިގެން ސްޕޮންސަރުން މެދުވެރިކޮށް ފައިސާ ލިބުމުގައި އެފްއޭއެމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމުން މަސައްކަތްކުރީ ޖުޑާންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކުޑަކުރުމަށެވެ. އެހެންނަމަވެސް އެ މުސާރައަށް ޖުޑާން އެއްބަސްވުމަކަށް ނައުމުން އެންމެ ފަހުން މަގާމުން ވަކިކުރީ އެވެ.
ޔޫއެފާ އޭ ލައިސަން ކޯޗު ޖުޑާން އަކީ ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީގައި މަސައްކަތްކުރި ފަރާތެކެވެ. މީގެ އިތުރުން ޖުޑާން ވަނީ އޭޝިއާގެ ބައެއް ގައުމުތަކުގައި ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ ރާއްޖޭގެ ބައެއް ކްލަބްތަކާ ދެކޮޅަށް ނުކުމެފަ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު މިއަހަރުގެ ޖެނުއަރީ މަހު އިނގިރޭސި ވެބްސައިޓް “ދަ ސަން” އަށް ޖުޑާން ދިން އިންޓަވިއުގައި ބުނެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ބާކީ މެޗުތައް ކާމިޔާބުކުރެވިއްޖެ ނަމަ ރާއްޖެ އެ މުބާރާތަށް ކޮލިފައިވާނެ ކަމަށާއި، އެއީ ރާއްޖެ އަށް އާދާޔާހިލާފު ކާމިޔާބީއަކަށް ވާނެ ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ދުރު ރާސްތާ ޕްލޭނަކާ އެކު ދިގު މުއްދަތަކަށް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރަން އަމާޒު ހިފައި ޖުޑާން ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ވެސް “ދަ ސަން” ނޫހާ ވާހަކަދައްކައިފަ އެވެ. ޖުޑާން ބުނީ ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށާއި، އަދި އަލަށް ހުޅުވާ ފުޓްބޯޅަ ސްކޫލުގައި 100 ކުދިންގެ ޖާގައިގެ ޑިވެލޮޕްމެންޓް ސެންޓަރެއް ހުޅުވޭނެ ކަމަށެވެ.
ޖުޑާންގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވީބީ އައްޑޫ އެފްސީ އަށް އިރުޝާދުދިން ކޯޗު ޖޭން ވަންލީ ވެސް މީގެ ކުރިން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި މެލޭޝިއާގެ ލިމް ކިން ޗޮން އަކީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި މީގެ އަހަރުތަކެއް ކުރިން ރަނގަޅު މަސައްކަތްތަކެއް ކުރި ފަރާތެކެވެ. ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ފަރާތްތައް ވެސް މީގެ ކުރިން ވަނީ މަސައްކަތްކޮށްފަ އެވެ. މީގެތެރޭގައި މުހައްމަދު ޝިޔާޒް (މޯހަން) އާއި މައުރޫފް އަހުމަދު (މާއްޓޭ) އަދި އިހުސާން އަބްދުލްގަނީ (ސާންތީ) ހިމެނެ އެވެ.
ފުރަތަމަ ސަފްޙާ
/
ޚަބަރު
/
މުސާރަ ކުޑަކުރަން އެއްބަސްނުވުމުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ވަކިކޮށްފި
މުސާރަ ކުޑަކުރަން އެއްބަސްނުވުމުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ވަކިކޮށްފި
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
5 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން