މެޗުގެ ފަހު ވަގުތު ޖެހި ލަނޑުތަކުން 2-1 އިން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސްގެ ޕީއެސްޖީ އިން ހޯދައިފި އެވެ. ޕޯޗުގަލްގެ ބެންފީކާގައި ކުޅުނު ކުއާޓާ ފައިނަލް މެޗު ޕީއެސްޖީ އިން ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓާއި އިތުރު ވަގުތުގައި ޖެހި ލަނޑުތަކުންނެވެ. އިޓާލިއަން ލީގުގެ ތިން ވަނަ މަގާމް ކަށަވަރުކުރި އެޓަލާންޓާ އަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ އާދަޔާހިލާފު ނަތީޖާތަކެއް ނެރެމުން އައި ޓީމެވެ. އެޓީމު މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވީ ވެސް ގްރޫޕްސް ސްޓޭޖުގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެ އޭގެ ފަހުން ކުޅުނު މެޗުތަކުން ހޯދި ނަތީޖާތަކާއެކު މެންޗެސްޓަރ ސިޓީގެ ފަހަތުން ގްރޫޕްގެ ދެ ވަނަ ލިބިގެންނެވެ. ކުއާޓާ ފައިނަލަށް އެޓަލާންޓާ ދަތުރުކުރީ ސްޕެއިންގެ ވެލެންސިއާގެ މައްޗަށް 8-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެކަމަކު ސެމީ ފައިނަލުން ފުރުސަތު ނުލިބި އެޓީމު މުބާރާތުން ކެޓީ ހިތްދަތި ގޮތަކަށެވެ.
މިރޭގެ މެޗުގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ސަސްޕެންޝަނުގެ ސަބަބުން ނުކުޅޭއިރު މާކޯ ވެރާޓީ ހުރީ އަނިޔާގަ އެވެ. އެކަމަކު ފްރެންޗް ކަޕް ފައިނަލް މެޗުގައި އަނިޔާވި ކިލިއަން އެމްބާޕޭ އަށް ކޯޗު ތޯމަސް ޓުޗެލް ވަނީ ބެންޗުން ފުރުސަތުދީފަ އެވެ. އަނެއްކޮޅުން އެޓަލާންޓާގެ ފުރަތަމަ އެގާރައިގައި މުހިއްމު ދައުރެއް އަދާކުރާ ސްލޮވީނިއާގެ 32 އަހަރުގެ ފޯވާޑް ޖޯސިޕް އިލިސިޗް އާއިލީ ސަބަބަކާއި ގުޅިގެން މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ.
މެޗު ފަށައިގެން ކުޑަ އިރުކޮޅެއްތެރޭ ޕީއެސްޖީގެ ނޭމާ އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ބޯޅަ ހިފައިގެން ހުސްކޮށް ގޮސް ކީޕަރަށް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލަން ނޭމާ މަސައްކަތްކުރި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެފަހުން އެޓަލާންޓާ އިން ވަނީ މެޗު ތެރެއަށް ވަދެ ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މެޗުގައި އެޓަލާންޓާ އިން ލީޑު ނެގީ 26 ވަނަ މިނެޓުގައި މާރިއޯ ޕެސަލިޗް ޖަހައިދިން ލަނޑުންނެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ޕެސަލިޗް ވާތުފައިން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަނުގައި އެޓަލާންޓާ އަށް ޕެސަލިޗް ޖަހައިދިން 12 ވަނަ ލަނޑެވެ. ކްރޮއޭޝިއާ އަށް އުފަން 25 އަހަރުގެ ޕެސަލިޗަކީ ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ މިދިޔަ ފަސް ސީޒަނުގައި ލޯނު އުސޫލުން އެކި ކްލަބްތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ދާއިމީ އެއްބަސްވުމެއްގެ ދަށުން އެޓަލާންޓާއާ ގުޅުނީ މި އަހަރު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެޓަލާންޓާ އަށް އެންމެ ބާރުބޮޑުކުރީ ނޭމާ އެވެ. އެކަމަކު ޕީއެސްޖީގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން ނޭމާ އަށް ފުރަތަމަ ހާފުގެ ފަހުކޮޅު ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އެޓަލާންޓާގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބެންޗުގައި އިން އެމްބާޕޭ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ އިރުކޮޅެއް ފަހުން އެމްބާޕޭ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓަލާންޓާގެ ގޯލްކީޕަރު މާކޯ ސްޕޯޓިއެލޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ނޭމާ އަށް ލިބުނު ބޯޅަ މަޑުމަޑުން ފޮނުވާލުމުން ކީޕަރު ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހިފަހައްޓައިފަ އެވެ. ނޭމާގެ ހަމަލާއަށް ފަހު އެމްބާޕޭއަށް ގާތްގާތުގައި ލަނޑު ޖަހަން ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ ފަހުކޮޅު ޕީއެސްޖީގެ މުޅި ޓީމު ކުޅުނީ ކުރިއަށް ޖެހިގެންނެވެ. ނަތީޖާއަކަށްވީ ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލުމެވެ. މެޗުގެ ފަހު މިނެޓުގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިން ލަނޑު ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މާކީނިއޯސް އެވެ. ހުސްކޮށްހުރެ މާކީނިއޯސް ފޮނުވާލި ހަމަލާ ގޯލަށް ވަނީ އެޓަލާންޓާގެ ޑިފެންޑަރެއްގައި ފައިގައި ޖެހިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޕީއެސްޖީ މޮޅުކޮށްދިން ލަނޑު އެމްބާޕޭ ނަގައިދިން ހުރަހަކުން ޖަހައިދިނީ ކުރިން ސްޓޯކް ސިޓީ އަށް ކުޅުނު ފޯވާޑް އެރިކް މެކްސިމް ޗުޕޮ-މޯޓިން އެވެ.
މިއީ 1995 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕީއެސްޖީ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ ތިން ސީޒަނުގައި ވެސް ޕީއެސްޖީ މުބާރާތުން ކެޓީ ދެ ވަނަ ބުރުން ބަލިވެގެންނެވެ.
ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ އެތުލެޓިކޯ މެޑްރިޑާއި އާރުބީ ލައިޕްޒިގް އެވެ. ތިން ވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ބާސެލޯނާ އާއި ބަޔާން މިއުނިކް ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ވާދަކުރާނީ ލިޔޯން އާއި މެންޗެސްޓަރ ސިޓީ އެވެ.