ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުން ބާސެލޯނާ އަށް މޮޅުނުވެވުމުން ލީގް ޗެމްޕިއަންކަން ހޯދުމުގައި އެ ޓީމާއި، ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުން ބާސެލޯނާ އަށް ތިން ޕޮއިންޓް ނުލިބުމުން އެ ޓީމާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް އިތުރު ކުރަން އެ ޓީމަށް ލިބުނު ފުރުސަތު ބޭކާރު ވީ އެވެ. އަދި، ހަމަ އެއާއެކު، މާދަމާ ރޭ ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އާ ވާދަކުރާ މެޗް ކާމިޔާބުކޮށްފި ނަމަ ޕޮއިންޓްގެ ގޮތުން ބާސެލޯނާ އާ އެ ޓީމް ހަމަހަމަ ވާނެ އެވެ. އޭގެ ފަހުގައި ދެ ޓީމަށްވެސް ލީގުގައި އޮންނާނީ ބާކީ އަށް މެޗެވެ.
ރޭގެ މެޗްގައި ގިނަ ވަގުތު ބާސެލޯނާ އިން ބޯޅަ ގެންގުޅުނު ނަމަވެސް ސެވިއްޔާގެ ގޯލަށް ނުރައްކާ ވާވަރުގެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ތަނަވަސްކުރެވޭ ގޮތެއް ނުވިއެވެ. ރޭގެ މެޗްގައި ސެވިއްޔާ އަށް ކިރިޔާ ވެސް ހާސްކަމެއް ކުރިމަތިކުރުވީ ރޭގެ މެޗްގައި ކެރިއަރުގެ 700 ވަނަ ގޯލް ޖަހަން އުއްމީދުކޮށްގެން ހުރި ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ހިލޭ ޖެހުމެވެ. އެކަމަކު ފުރަތަމަ ހާފްގައި މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއާ އެވެ.
ރޭގެ މެޗްގައި ސެވިއްޔާ އިން ފަސް ޑިފެންޑަރުން ފަހަތުގައި ބައިތިއްބައިގެން ވަރަށް ޑިފެންސިވް ގޭމެއް ކުޅުނު ނަމަވެސް މެޗްގައި އެ ޓީމުން ނުރައްކާތެރި ހަމަލާ އުފެއްދި މިންވަރު މަދެއްވެސް ނޫނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެވިއްޔާ އަށް ލިބުނު ފުރުސަތެއްގައި އެ ޓީމްގެ ލޫކަސް އޮކަމްޕަސް ފޮނުވާލި ބޯޅަ ގޮސް ބާސެލޯނާގެ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި މަތަވި އިރު ހަމަ މި ހާފްގައި ބާސެލޯނާގެ ގޯލާ ވަރަށް ކައިރިން އޮކަމްޕަސް އަށާއި، މުނީރު އަލް ހައްދާދު އަށް ލިބުނު ބޯޅަތައް ފޮނުވާލުމުން ބާސެލޯނާގެ ގޯލް ކީޕަރު ޓަ ސްޓެގަން ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ރޭގެ މެޗުން މޮޅުވާން މެޗްގެ އިތުރު ވަގުތުގައި ސެވިއްޔާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެސް ވެފައި ވެ އެވެ. އެގޮތުން ރެއާލް މެޑްރިޑުން ލޯން އުސޫލުގެ ދަށުން ސެވިއްޔާ އަށް ގެނައި ޑިފެންޑަރު ސާޖިއީ ރެގިލަން ބާސެލޯނާގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުހަށް ހުއްޓާ ލިބުނު ބޯޅަ އޭނާ އަށް ފޮނުވާލެވުނީ ސީދާ ބާސެލޯނާގެ ގޯލްކީޕަރު ޓަރ ސްޓެގަން އާ ދިމާލަށެވެ.
ރޭގެ މެޗުން ބާސެލޯނާ އަށް ތިން ޕޮއިންޓް ހޯދައިދޭން މެޗް ނިމެން ގާތްވެފައިވަނިކޮށް ލުއިސް ސުއަރޭޒް އަށް ލިބުނު ފުރުސަތު ބޭކާރުވިއިރު ލަނޑެއް ކާމިޔާބުކުރުމަށްޓަކައި މެޗްގެ ފަހުކޮޅޮ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން ކުޅެން އެރުވި ނަމަވެސް އެ ކުޅުންތެރިޔާގެ ފަރާތުން ޓީމަށް އެދެވޭ ބަދަލެއް ގެނެވުނު ތަނެއް ނުފެނުނެވެ.
ލީގުގަ