ފުރަތަމަ ސަފްޙާ / ޚަބަރު / ދާދު، އިއްބެ އަދި ސައްޓު ހިމެނޭ ގޮތަށް ސްކޮޑް އިއުލާންކޮށްފި

ދާދު، އިއްބެ އަދި ސައްޓު ހިމެނޭ ގޮތަށް ސްކޮޑް އިއުލާންކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 ޖޫން 2020

އަންނަ އޮކްޓޯބަރު މަހު އަލުން ފަށާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުން ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަސަން ނާއިޒް (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) ފުރުސަތު ލިބިފައިނުވާ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނިކޮށް އެ ތިން ކުޅުންތެރިން ވެސް ހިމެނޭގޮތުން ގައުމީ ޓީމްގެ ސްކޮޑް އެފްއޭއެމުން އިއުލާންކޮށްފި އެވެ. ޖުމްލަ 32 ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމްގެ ސްކޮޑް އެފްއޭއެމުން އިއުލާން ކޮށްފައިވަނީ މިހާރު ކުރިއަށްދާ އޮންލައިން ނިއުސް ކޮންފަރެންސް އެއްގަ އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގައުމީ ޓީމްގެ ޕްރެކްޓިސް ފަށާނެ ކަމަށް މިއަދުގެ ކޮންފަރެންސްގައި ބުނެފައިވާއިރު، ކޮލިފައިންގައި ދެން އެންމެ އަވަހަށްރާއްޖެއިން ކުޅެންޖެހޭ މެޗްގައި އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުޖުތާޒް މުހައްމަދު (މުޖޭ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިޝާން އިބްރާހިމް (ސައްޓު)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)، ރިހާމް އަބްދުލް ގަނީ (ބޮބީ)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސާއިފް

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!