ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް ބަޔާން މިއުނިކުން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ. ރޭ އަމިއްލަ ދަނޑުގައި މޮންޗެންގްލަޑްބަކް އަތުން ބަޔާން މޮޅުވީ 2-1 އިންނެވެ.
މެޗަށް ނުކުތްއިރު ބަޔާންގެ ރޮބާޓް ލެވޮންޑޮސްކީ އާއި ތޯމަސް މުލާ ތިބީ ސަސްޕެންޝަނުގަ އެވެ. މި ދެކުޅުންތެރިންގެ އެހީގައި ބަޔާނުން ވަނީ މި ސީޒަނުގައި 60 ގޯލު ޖަހައިފަ އެވެ. އެހެން މެޗުތަކާ ހިލާފަށް ރޭގެ މެޗުގައި ބަޔާނުގެ ހަމަލާތައް މަދުވިއިރު މޮންޗެންގްލަޑްބަކް އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބަޔާނުން މެޗުގައި ލީޑު ނެގީ 26 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޖޯޝުއާ ޒީކްޒީ ޖެހި ގޯލުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންގެ ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބަޔާނަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ މިޑްފީލްޑަރު ލިއޮން ގްރޮޓްޒްކާ އެވެ.
ރޭގެ މޮޅަކީ ހަންސީ ފްލިކްގެ ބަޔާނުން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން މޮޅުވި 13 ވަނަ މެޗެވެ. ކުރިން ޖެހިޖެހިގެން މި އަދަދަށް އެޓީމަށް މޮޅު ހޯދުނީ ޑިސެމްބަރު 2017 އިން ފެބްރުއަރީ 2018 އާއި ދެމެދު އެވެ.
ބަޔާންއާ ވާދަކުރަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑް ރޭ ވަނީ ޑުސެލްޑޯފް 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު ލީގުގައި ހާލަންޑް ކުޅުނު 12 މެޗުގައި ޖެހި 11 ވަނަ ގޯލެވެ. ހާލަންޑްގެ ގޯލުގެ ކުރިން ޑޯޓްމަންޑުގެ ރަފައެލް ގަރޭރޯ ޖެހި ގޯލު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.
ލީގުގައި ކުޅުނު 31 މެޗުން ބަޔާނަށް 73 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތް ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ބަޔާން އަށް 30 ވަނަ ފަހަރަށް ޖަރުމަނު ލީގު ކަށަވަރު ކުރެވޭނެ އެވެ. އެޓީމުން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ވާޑާ ބްރެމެންއާ ދެކޮޅަށެވެ.
ބަޔާން މިއުނިކުން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
5 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން