ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯގެ ފެންވަރަށް ހާލަންޑަށް އާދެވުމުގެ ފުރުސަތު އެބައޮތް: ރިވާލްޑޯ

ރޮނާލްޑޯގެ ފެންވަރަށް ހާލަންޑަށް އާދެވުމުގެ ފުރުސަތު އެބައޮތް: ރިވާލްޑޯ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 22 މެއި 2020

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލާންޑް އަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ އާ އެއް ހަމައަކަށް އާދެވޭ ވަރުގެ ފެންވަރު އެބަހުރިކަމަށް އެ ގައުމުގެ  ކުރީގެ ފުޓްބޯޅަ ތަރި ރިވާލްޑޯ ބުނެފިއެވެ.

ބާސެލޯނާގެ ކުރީގެ ފޯވާޑް ރިވާލްޑޯ މިމޭރުމުން ވާހަކަދައްކައިފައިވާއިރު ނޯވޭގެ އުމުރުން 19 އަހަރުގެ ހާލަންޑް ގެންދަން ސްޕެއިންގެ އެންމެ މަޝްހޫރު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމުގެ އަޑުތަކެއްވެސް މީޑިއާގައި ވަނީ ފެތުރިފައެވެ. އެކަމަކު ސަލްޒްބާގުން ހާލަންޑްގެ މިހާރުގެ ކުލަބް ބޮރޫޝިއާ ޑޯޓްމަނުންޑަށް އޭނާ ބަދަލުވި ފަހުން އަދި މިވީ ގާތްގަނޑަކަށް އެންމެ ފަސް މަސްދުވަހެވެ. މިހާތަނަށް ޖަރުމަނު ލީގުގައި ހާލަންޑް ކުޅުނު ނުވަ މެޗްގައި ދިހަ ގޯލް ކާމިޔާބުކޮށްދީފައިވާއިރު މިހާތަނަށް އޭނާ ޑޯޓްމަންޑަށް ޖަހައިދިން ގޯލްގެ ޖުމްލަ އަދަދު ވަނީ 13 އަށް އަރައިފައެވެ.

ހާލަންޑް ސްޕެނިޝް ލީގަށް ބަދަލުވުމަކީ މުހިއްމުކަމެއް ކަމަށާއި އަދި ސްޕެނިޝް ލީގުގައި އޭނާ އަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް ބްރެޒިލްގެ ކުރީގެ ފޯވާޑް ރިވާލްޑޯ ބުނެފައިވާއިރު ބްރެޒިލްއަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ރޮނާލްޑޯ އާ އެއް ފެންވަރަކަށް ހާލަންޑަށް އާދެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ރިވާލްޑޯ ވަނީ ބުނެފައެވެ.

“އޭނާ އަކީ މިހާރުވެސް ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާގެ އުމުރަކީ އަދި އެންމެ 19 އަހަރު ކަމަށް ވާއިރު މުސްތަގްބަލްގައި މިއަށްވުރެ މާބޮޑަށް ކުޅުން ރަގަޅުކޮށް ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި އޭނާ ހިމެނުމުގެ ފުރުސަތު އެބައޮތް.” އިނިގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ބެޓްފެއަރ ގެ ވެބްސައިޓްގައި ރިވާލްޑޯ ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.

“އޭނާގެ އެބަހުރި ވަރަށް ގިނަ ރަގަޅު ސިފަތަކެއް.  އޭނަ ކުޅެނީ އެއްވެސް ބިރެއް ނެތި އަދި ދަނޑުމަތީގައި ހުންނަތަން ފެންނަނީ ވަރަށް ހަމަޖެހިގެން. ބައިވަރު ކަންކަން އަދި ދަސްކުރަން ހުއްޓަސް މިހާރުވެސް އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް. އެހެންވީމަ އަސްލު ބޮޑޮތި ކްލަބްތަކުން އޭނައަށް ފާރަލަމުން އެ އަންނަނީ.  ވަރަށް ގިނަ ބަޔަކު ހާލަންޑްގެ ކުޅުމުގެ ސްޓައިލް އާއި، ރޮނާލްޑޯ ނަޒާރިއޯ ގެ ސްޓައިލާއި މިހާރުވެސް އަޅާ ކިޔަމުން އާދޭ. އަދި ރޮނާލްޑޯގެ ކުޅުމާއި އެއްގޮތް ކަންތައްތަކެއް ހާލަންޑްގެ ކުޅުމުގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. ރޮނާލްޑޯ އެކޭ އެއްގޮތަށް ހާލަންޑަކީ އަވަސް އަދި ބިރެއްނެތި ކުޅޭ ކުޅުންތެރިއެއް. އަދި ވަރަށް ގިނަ ގޯލް ޖަހާ ކުޅުންތެރިއެއް. އެކަމަކު އަދި ތަންކޮޅެއް އަވަސް ކަންނޭގެ ދެވަނަ ރޮނާލްޑޯ އަކަށް ހާލަންޑް ވާނެ އޭ ބުނަން.” ރިވާލްޑޯ ބުނެފައިވެއެވެ.

“ރޮނާލްޑޯ ވަނީ ހަތަރު ވޯލްޑް ކަޕްގައި ކުޅެ ދެ މުބާރާތް ކާމިޔާބުކޮށްފަ. އަދި ރޮނާލްޑޯ ވަނީ އޭނަގެ ހަލުވި ކަމާއި ގޯލްޖެހުމުގެ ހުނަރުން މުޅި ދުނިޔެ ހައިރާންކޮށްލާފަ. އެހެންވީމަ ރޮނާލްޑޯގެ ފެންވަރަށް ހާލަންޑަށް އާދެވިދާނެތޯ ބަލަން އަދި ވަގުތު ބޭނުންވޭ. އެކަމަކު އެންމެ ކުޑަމިނުން ރޮނާލްޑޯގެ ފެންވަރާ ގާތަށް އާދެވޭނެ ވަރުގެ ސިފަތަކެއް ހާލަންޑްގެ އެބަހުރި.” ރޮނާލްޑޯ އާއެކު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފައިވާ ރިވާލްޑޯ ބުނެފައިވެއ

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!