ފުރަތަމަ ސަފްޙާ / ޚަބަރު / ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެޕްޓެމްބަރަށް ފަސްކޮށްފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެޕްޓެމްބަރަށް ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 މާރޗް 2020

މިވަގުތު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްއާ ގުޅިގެން، މިއަހަރުގެ މެއި މަހު ބާއްވަން ހަމަޖެހިފައި އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

މެއި  24 އިން ޖޫން  7 ވަނަ ދުވަހާއި ހަމައަށް ފްރާންސްގައި ކުރިއަށްގެންދާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ބާއްވާ ތާރީހަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އެ މުބާރާތް ދެން ކުރިއަށްދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހާއި ހަމައަށެވެ. އޭގެ މާނައަކީ މިހާރު ހަމަޖެހިފައިވާ ގޮތުން ޔޫއެސް އޯޕަން ޓެނިސްަ މުބާރާތް ނިމޭތާ އެއް ހަފްތާ ފަހުން ފްރެންޗް އޯޕަން ފެށޭނެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ހުރިހާ ޕްރޮފެޝަނަލް ޓެނިސް ހަރަކާތްތަކެއް މިއަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހާއި ހަމައަށް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

ފްރެންޗް އޯޕަން ޓެނިސް މުބާރާތަކީ އަހަރުގެ ތެރޭގައި ބޭއްވޭ ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތެރެއިން ދެ ވަނަ އަށް ބޭއްވޭ މުބާރާތެވެ. އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް މިއަހަރުގެ ޖެނުއަރީ މަހު ބާއްވާފައިވާއިރު ދެން ހިމެނޭ ދެ މުބާރާތަކީ ޖުލައި މަހު އިނގިރޭސި ވިލާތުގައި ބާއްވާ ވިމްބަލްޑަން ޓެނިސް މުބާރާތާއި، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ ޔޫއެސް އޯޕަން އެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކަކީ ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތްތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!