20-2019 ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި މާޒިޔާ އިން ލީގުގެ އައްޑަނަ ރޭ އުފުލާލައިފި އެވެ. މާޒިޔާ އަށް ޗެމްޕިއަން އައްޑަނަ ހަވާލުކުރީ ރޭ ކުޅުނު ލީގުގެ ފަހު މެޗަށް ފަހު އޮތް ރަސްމިއްޔާތުގަ އެވެ. ލީގުގެ ފަހު މެޗުގައި ރޭ މާޒިޔާ ވަނީ ކްލަބް އީގަލްސް އަތުން 2-1 އިން ބަލިވެފަ އެވެ.
މިއީ މާޒިޔާ އިން ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. މާޒިޔާ އިން ލީގު ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2908930785795683/?type=3&__xts__%5B0%5D=68.ARB5lqHT_ps9QxwV66agtieQ8dfWtb51IwGIf6kpeXTIrN4zXkLHmHJR5akfB5OAqs-nirb1f8d_4uxShfgbS-js2KvVqr9D1hAUQf4hBAiFsXcTI9bUG_CFSkXmw9DNVTNcjEm61ZsElcDgFiZA9fN8gk4bQFRvlB2hqE9ftHRORZn6ydH1TqrX2OY5F2BqvXeCnyPWSrYbdSg6Zl84Jg7OduCV07VYRo75-VS2B-S6nJDGd5DeGGJBZSG2yxVSJyus9P9M7gZKlMjSfl4rOLFmj3hIQNY7JQ5rJs2fPpk0825XldGb43-pwow3g79RqlTKIcYZSf_4RJj3Pifb5yhbJf45TZ7iF_dwnSCrPk1fK3-BdXVBV8pSFNg&__tn__=-R
1996 ވަނަ އަހަރު އުފެދުނު މާޒިޔާ އާއްމުގެ ތެރޭގައި އެންމެ ފުރަތަމަ މަޝްހޫރުވީ ބައިބަލާ އިންނެވެ. އެހެންނަމަވެސް އެޓީމުން އޭރުވެސް އައީ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. ފުރަތަމަ ޑިވިޝަނަށް 2006 ވަނަ އަހަރު ކޮލިފައިވުމަށް ފަހު މިދިޔަ އަހަރުތަކުގައި ރާއްޖޭގައި އެންމެ ހަރުދަނާގޮތެއްގައި ހިންގަމުން އަންނަ ކްލަބަކީ މާޒިޔާ އެވެ. ލީގު ޗެމްޕިއަންކަމުގެ އިތުރުން މާޒިޔާ އިން ވަނީ އެޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު މާލޭ ލީގާއި ޕްރެޒިޑެންޓްސް ކަޕް ވެސް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި، އެޓީމުން ވަނީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
މާޒިޔާގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބްތަކަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ހުއްރިއްޔާ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި މާޒިޔާގެ އަޒީޒީ. އޭނާ ބެލެހެއްޓި ގޯލަށް 21 މެޗުން ވަނީ 12 ގޯލު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ލީގު ޗެމްޕިއަންކަން މާޒިޔާ ކަށަވަރުކުރީ ބާކީ ތިން މެޗު އޮއްވަ އެވެ. އެޓީމުން ވަނީ ތިން ބުރުގައި ކުޅުނު 21 މެޗުން 51 ޕޮއިންޓް ހޯދައިފަ އެވެ. 21 މެޗުގެ ތެރެއިން 16 މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. މާޒިޔާ ލީގުގައި ދެފަހަރު ވެސް ބަލިވީ އީގަލްސް އަތުންނެވެ. އެއީ ދެ ވަނަ ބުރުގައި 1-0 އިން ބަލިވި މެޗާއި ރޭ ކުޅުނު މެޗެވެ. އެއްވަރުވީ ފުރަތަމަ ބުރުގައި އީގަލްސް އަދި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ކުޅުނު މެޗާއި ތިން ވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ. ތިން ބުރުގައި ވެސް މާޒިޔާ އަށް ލީގުގައި ބަލިނުކުރެވުނު ހަމައެކަނި ޓީމަކީ އީގަލްސް އެވެ. ލީގުގެ 21 މެޗުގައި މާޒިޔާ އިން 74 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ 12 ގޯލެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވަމުން އަންނަ މާޒިޔާ އިން ރޭގެ މެޗުގައި ނެރުނީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ނުކުޅޭ ކުޅުންތެރިންނެވެ. އީގަލްސް އިން ރޭ ވަނީ ބަދަލު ގޯލްކީޕަރު މުހައްމަދު ސިނާހު އަށް ފުރުސަތުދީފަ އެވެ. ސިނާހު ވަނީ ލީގުގައި ވިކްޓްރީއާ ދެކޮޅަށް ފުރަތަމަ ބުރުގައި ކުޅުނު މެޗުގައި ވެސް އީގަލްސްގެ ގޯލު ބަލަހައްޓާފަ އެވެ.
މެޗުގެ ފުރަތަމަ ގޯލު 38 ވަނަ މިނެޓުގައި ޖެހީ އީގަލްސް އިންނެވެ. އެޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަސް ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލީ އީގަލްސް އަށް ކުޅޭ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އަށް ވަނީ ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކުރަން ފުރުސަތު ލިބިފަ އެވެ. އެކަމަކު މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ޒުވާން ކީޕަރު ސިނާހު ވަނީ ހުއްޓުވައިފަ އެވެ. މެޗުގައި އީގަލްސްގެ ދެ ވަނަ ގޯލު 82 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މާޒިޔާގެ ހަމައެކަނި ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލީގުގައި މޮޅު ކުޅުމެއް ދައްކައި މިއަހަރު ގައުމީ ސްކޮޑުން ވެސް ފުރުސަތު ހޯދާފައިވާ ހަންނަ އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2908968462458582/?type=3&__xts__%5B0%5D=68.ARAcpTh35ug5gR5EVsrUg8adHFU6FHH_xvtuQkxuEgan2SxIb_fD3p_F5k2-snNqtTt3InfbSMVYzAF2RMCi7AZ4nU1sWA9JCzbY2UOsfdG5hAWtXoU2SHLBbPYDNbQzngXbccFoM0kiTx7MwdfqW85lbmk2Eq7xtcka5A6kM3tqjY5VbIn8CGnWE9RAYSLa5iIrz4eMavkeixuHmezPb8E7xFWPmzcmGpKPzexRiZ0yM_C9SLih_Ou7tfCjLMVPQa8NMlozjCi_N4BROXWwFK1_wMAk1QUVRGOApC2q-dSqaSUUFc_73OLd29fpPoOUEQQjkt1fF8PQupDOvYFwt9OZR-FY7mSMzEBXMYjHZYvFGYtHZJB0ic-FcFE&__tn__=-R
މާޒިޔާގެ ފަހަތުން ލީގުގެ ދެ ވަނަ ލިބުނީ 45 ޕޮއިންޓް ހޯދި އީގަލްސް އަށެވެ. 41 ޕޮއިންޓާއެކު ޓިސީ ސްޕޯޓްސް ކްލަބަށް ތިން ވަނަ ލިބުނުއިރު ހަތަރު ވަނަ ލިބުނީ 29 ޕޮއިންޓް ލިބުނު ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. ލީގުގެ ފަސް ވަނަ 27 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބުނުއިރު ހަ ވަނަ ލިބުނީ 20 ޕޮއިންޓާއެކު ށ. ފޯކައިދޫ އަށެވެ. ލީގުގެ ފަހަތުގައި އޮތް ތިން ޓީމަށް ތިން ވަނަ ބުރުން ފުރުސަތެއް ނުލިބުނެވެ. ހަ ވަނަ 16 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނުއިރު ހަތް ވަނަ ލިބުނީ 14 ޕޮއިންޓް ހޯދި ފ. ނިލަންދޫ ސްޕޯޓްސް ކްލަބަށެވެ. ލީގުގެ ފުލަށް ދިޔައީ އެއްވެސް މެޗަކުން މޮޅު ނުވެ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އެފްއޭއެމްގެ ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނު ވިކްޓްރީ އެވެ. ވިކްޓްރީ މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.
މިއަހަރުގެ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ މާޒިޔާގެ ގޯލް ބެލެހެއްޓި އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމް ލިބުނީ ކްލަބް އީގަލްސް އަށެވެ.
ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އަށް ޓީމާއެކު އެފްއޭ ކަޕް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އަންނަ މަހު އޮންނަ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރު ޓީމެވެ.