ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގައި ރޭ ވާދަވެރި ކުޅުމަކަށް ފަހު 2-1 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. ސެމީ ފައިނަލުގައި ސުޕަރ ޔުނައިޓެޑް ނުކުންނާނީ ގްރޫޕް ދޭއްގެ ދެ ވަނަ ލިބުނު ކްލަބް ޕާކް ކަންމަތި (ޕީކޭ) އާ ދެކޮޅަށެވެ.
ރޭގެ މެޗާއެކު ފަސް ޓީމު ހިމެނޭ ގްރޫޕުގެ ހުރިހާ މެޗެއް ސުޕަރ ޔުނައިޓެޑުން ކުޅުނުއިރު އެޓީމުން އެއް ވަނަ ކަށަވަރުކުރީ 10 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވިއިރު ތިން މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ ރޭގެ މެޗުން ބަލިވި ޖޭޖޭ ސްޕޯޓްސް އެވެ. އެޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބުން ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. މަހިބަދޫން ވަނީ އިއްޔެ ހަވީރު 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްފަ އެވެ. މި ގްރޫޕުގެ ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ދިވެހި ސިފައިންގެ ކްލަބެވެ. ފުލުގައި އޮތް 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ކަޓައިފަ އެވެ.
2nd Division – Football Association of Maldives
Adam Nizam (Kithuna)'s brace sends Super United Sports (SUS) to the semi final as group winner! ???? JJ Sports Club needs just 1️⃣ point from their remaining game!
(Photo: FAM/Ibrahim Faid) pic.twitter.com/lPwrTm5GfW— Fahuminet (@fahuminet) February 4, 2020
މި ގްރޫޕުގެ ބާކީ ދެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި މަހިބަދޫ އާއި ޖޭޖޭ ސްޕޯޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ 19 އަހަރުން ދަށުގެ ޓީމާއި ސިފައިންގެ ކްލަބެވެ. މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޖޭޖޭ އަށް ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ލިބޭނެ އެވެ. މި ގްރޫޕުން ދެ ވަނަ ލިބޭ ޓީމު ސެމީގައި ނުކުންނާނީ ގްރޫޕް ދޭއްގެ އެއް ވަނަ ހޯދި ވެލެންސިއާއާ ދެކޮޅަށެވެ.
ޖޭޖޭ ސްޕޯޓްސް ކްލަބް ކޮޅަށް ސުޕަރ ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބ. ގޮއިދޫއަށް އުފަން ފޯވާޑް އާދަމް ނިޒާމް (ކިތުނާ) އެވެ. މެޗުގެ ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ކިތުނާ ބޮލުން ޖެހިއިރު ދެ ވަނަ ގޯލު 52 ވަނަ މިނެޓުގައި ޖެހީ އަރިމަތިން ނަގައިދިން ހުރަސް ފައިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ރޭގެ ދެގޯލާއެކު މުބާރާތުގައި ފަސް ގޯލު ޖަހައި ކިތުނާ އުޅެނީ ލަނޑު ލިސްޓުގެ ކުރީގަ އެވެ. މެޗުގައި ޖޭޖޭ ސްޕޯޓްސްގެ ހަމައެކަނި ގޯލު 62 ވަނަ މިނެޓުގައި ޖަހައިދިނީ ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަބީޝެކް ރިޖާލް އެވެ.
2nd Division – Football Association of Maldives
Mahibadhoo Sports Club 2-1 Under 19 Maldives National Football Team
(Photo: FAM/Ibrahim Faid) pic.twitter.com/XLtCEH9FCF— Fahuminet (@fahuminet) February 4, 2020
އިއްޔެ ހަވީރު މަހިބަދޫން 19 އަހަރުން ދަށުގެ ޓީމު ބަލިކުރިއިރު އެޓީމުގެ ދެ ގޯލު ޖަހައިދިނީ ޝުއައިދު ޝަރީފް އާއި އަހުމަދު އަހުމަދު ފުއާދު އެވެ. ޒުވާން ޓީމުގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ޖަހައިދިނީ ހައިސަމް ރަޝީދު އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ. މިއަހަރުގެ ދެ ވަނަ ޑިވިޝަނުގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.