އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ދަތުރުކޮށްފި އެވެ. އުމުރުން 38 އަހަރުގެ ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މީގެ ކުޑައިރުކޮޅެއް ކުރިން މުބާރާތުގެ ކުއާޓާ ފައިނަލްގައި އެމެރިކާގެ ޓެނީސް ސޭންޑްގްރެންއާ ވާދަކޮށް ތިން ސެޓް ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗްގެ ސެޓްތައް ފެޑެރާ ގެންގޮސްފައިވަނީ 3-6. 6-2، 6-2، 7-6 އަދި 3-6 އިންނެވެ.
މެޗްގެ ފުރަތަމަ ސެޓް ފެޑެރާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓް ދުނިޔޭގެ ރޭންކިންގެ 100 ވަނައިގައި އޮތް ސޭންޑްގްރެން ފަސޭހަކަމާއެކު ކާމިޔާބުކުރުމުން 1991 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާ އެންމެ ދަށް ރޭންކުގެ ކުޅުންތެރިޔަކަށް އޭނާ ވެދާނެ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އެކަމަކު 3 ގަޑިއިރާއި 28 މިނެޓަށް ދިގުދެމިގެންދިޔަ މެޗްގެ ފަހު ދެ ސެޓްގައި ވަރަށް ހިތްވަރާއެކު ކުޅެ ފެޑެރާ ވަނީ މެޗް ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ފެޑެރާ ވާދަކުރަންޖެހޭނީ ނޮވާކް ޖޮކޮވިޗް އާއި މިލޯސް ނައޮރިޗް ވާދަކުރާ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާ އެވެ. އޮސްޓްރޭލިއަން އޯޕަން އަކީ ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ހަތަރު ޓެނިސް މުބާރާތުގެ ތެރެއިން އެއް މުބާރާތެވެ.
38 އަހަރުގެ ފެޑެރާ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލަށް
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
4 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން