ގޯލްޑެން ފުޓްސަލް ޗެލެންޖް: ވިއްސާރަވެ މިރޭގެ މެޗުތައް ވެސް ފަސްކޮށްފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން. ވިއްސާރަވުމުގެ ސަބަބުން މިރޭގެ މެޗުތައް ވަނީ ކެންސަލް ކޮށްފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މާލެ ސަރަހައްދަށް މޫސުން ގޯސްވެ ވިއްސާރަވުމާއި ގުޅިގެން ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ވެސް މުބާރާތް އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ކެންސަލް ކޮށްފި އެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން ގޯލްޑެން ފުޓްސަލްގެ މެޗުތައް މި އަހަރު ފަސްކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ވެސް މެޗުތައް ކެންސަލް ކުރީ ކުރިއަށް ނުގެންދެވޭ ވަރަށް ވިއްސާރަވުމާއި ގުޅިގެންނެވެ. މި އަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ހުޅުމާލޭގަ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ ގޮތަށް ޝެޑިއުލް ކޮށްފައިވަނީ ދެ ވަނަ ބުރުގެ ތިން މެޗެކެވެ. މިރޭ 8:15 ގައި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 9:15 އަށް އެއް މެޗު ވަނީ ޝެޑިއުލް ކޮށްފަ އެވެ. 8:15 ގައި ކުޅެން ހަމަޖެހިފައި އޮތީ ރ. އިނގުރައިދޫ އާއި އއ. ބޮޑުފޮޅުދޫ ވާދަކުރާ މެޗާއި ބ. އޭދަފުއްޓާއި ހދ. ނައިވާދޫ ވާދަކުރާ މެޗެވެ. މިރޭ ދެން ކުޅެން އޮތީ މ. ދިއްގަރާއި ކ. ގުރައިދޫގެ މެޗެވެ. އެކަމަކު ވިއްސާރައިގެ ސަބަބުން ކެންސަލް ކުރުމުން މި ތިން މެޗު ވެސް ދެން ކުޅޭނީ މާދަމާ ރެ އެވެ.

🚨🚨🚨🚨 TONIGHT'S MATCHES CANCELLED DUE TO BAD WEATHER ❌❌❌❌

Posted by Fahuminet on Saturday, October 12, 2019

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.

މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މުބާރާތް އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަގުތުން ގެނެސްދެމުންނެވެ.

ފައިނަލް ބުރުގައި ވާދަކުރާ ޓީމުތައް:

ޒޯން 1: ށ. ގޮއިދޫ، ހދ. ނައިވާދޫ

ޒޯން 2: ބ. އޭދަފުށި، ރ. އިނގުރައިދޫ

ޒޯން 3: އއ. ބޮޑުފޮޅުދޫ، ކ. ގުރައިދޫ

ޒޯން 4: މ. ދިއްގަރު، އދ. އޮމަދޫ

ޒޯން 5: ތ. ތިމަރަފުށި، ފ. ނިލަންދޫ

ޒޯން 6: ލ. ގަން، ގދ. މަޑަވެލި

ޒޯން 7: ސ. މަރަދޫ

ޒޯން 8: މާފަންނު، ހެންވޭރު

ކޮމެންޓް