ޖާޒިއާ: ހިތްގައިމު ފަރުމާތަކާ އެކު މަގުބޫލުކަން އިތުރުވަނީ!

ޖާޒިއާގެ ޕޯސްޓަރެއް. މޮޅެތި ފަރުމާތަކާ އެކު އާއްމުންގެ މަގުބޫލުކަން އަންނަނީ ހޯދަމުން

ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ޓީމް ތަކުން ޖާޒީ ހޯދާއިރު ކުރިން ބަލަމުން އައީ ފިހާރައެއްގަ ފެންނަން ހުންނަ އެންމެ ރީތި ޖޯޒީއަކަށެވެ. އެކަމަކު މިހާރު އެކަން މިވަނީ މަޑުމަޑުން ބަދަލުވާން ފަށައިފަ އެވެ. މިހާރު ގިނަ ޓީމްތަކުން ލާން ބޭނުންވަނީ ޔުނީކް ގޮތަކަށް ޑިޒައިންކޮށްފަ ހުންނަ ޖާޒީ އެކެވެ. ކުޅުންތެރިއާގެ ނަމާއި ނަންބަރާ އެކު ފަރުމާ ކުރެވޭ ޖާޒީ އެވެ. ޓީމްގެ ބެޖް ނުވަތަ ލޯގޯ ޖާޒީގައި ކޮންމެހެންވެސް ހުންނަންޖެހެ އެވެ. އެހުރިހާ ކަމަކާއެކުވެސް އަގު “ސަޅި” ވާންޖެހެ އެވެ. ޖާޒިއާ އަކީ މިހުރިހާ ކަމެއް ފުރިހަމަވާން އެދޭ ފަރާތްތަކަށް އޮތް އެންމެ ރަގަޅު އެއް ޗޮއިސް އެވެ.

This design is derived from “THUNDU KUNAA”, a Maldivian 🇲🇻 form of mat weaving🧶, which was more popular in southern…

Posted by Jerzia on Thursday, 5 September 2019

ޖާޒީ ފަރުމާކުރުމުގެ މަސައްކަތުގައި ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރުގެ ތަޖްރިބާ ލިބިފައިތިބި ފަންނުވެރިން ޖާޒިއާ ގައި ހަރަކާތްތެރިވުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އެފަރާތުންދޭ އެންމެ ބޮޑު އެއް އިތުބާރެވެ. ޖާޒިއާގެ ފަރުމާތައް ދިވެހިވަންތަ އެވެ. ބަލައިލަން ހިތްގައިމެވެ. ކުޅިވަރުގެ ޖާޒީއަކަށް ހަމަ ވަރަށް ކަމުދެ އެވެ. ދެން އޮތީ އަގުގެ ވާހަކަ އެވެ. ޖާޒިއާގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮތީ އަތޮޅުތެރޭގައި ކަން އެމީހުން ދަނެ އެވެ. އަތޮޅުތެރޭގެ ޓީމްތަކުގެ ކެޕޭސިޓީ ޖާޒިއާ އަށް ވަޒަން ކޮށްލަން އެނގެ އެވެ. އެއާ އެކު ޖާޒީގެ އަގުވެސް ޖާޒިއާ އިން ނިންމަނީ އެޓީމްތަކުގެ ހާލަތަށްވެސް ވިސްނައިގެންނެވެ. މުބާރާތެއްގައި ކުޅޭ އެންމެ ދެތިން މެޗަކަށް ބޮޑު އަގުގައި ޖާޒީ ގަތުމަކީ ގިނަ ޓީމްތަކަކަށް ފަސޭހެ ނުވާނެކަމެއް ކަން ޖާޒިއާ އަށް މާބޮޑަށްވެސް އެނގެ އެވެ.

THE NEXT LEVEL SOCKSKnee length ✅Great ventilation ♥️Ribbed cuff 😍Available in black and white ⚫⚪Take your team to…

Posted by Jerzia on Sunday, 1 September 2019

ޖާޒީ ފަރުމާކޮށް ޓީމްތަކަށް ފޯރުކޮށްދިނުމުގައި ޖާޒިއާ އަކީ ކުޅިވަރަށް ލޯބިކުރާ ގިނަ ދިވެހިންގެ މެދުގައި މަގްބޫލްކަން ހޯދަމުން އަންނަ ދިވެހި ބްރޭންޑެކެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ޖާޒިއާގެ އުފެއްދުންތައް ފެންނަ މިންވަރު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރާއްޖޭގެ ފުޓްސަލް ކިންގްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން ފުޓްސަލްގައި މަޝްހޫރު އެތައް ކުޅުންތެރިންނެއް ވަނީ ޖާޒިއާ އިން ފަރުމާކޮށްފައިވާ ޖާޒީގައި އެކި ޓީމްތަކަށް ކުޅެފަ އެވެ.

ޖާޒިއާގެ ހިތްގައިމު ފަރުމާތައް މިހާތަނަށް ފެނިފައިވަނީ ރާއްޖޭގައި ބޭއްވުނު މުބާރާތްތަކުން އެކަންޏެއްވެސް ނޫނެވެ. ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއްގައި ރިވައިވަލް އިން ރާއްޖެ ތަމްސީލްކުރިއިރު އެޓީމުން ބޭނުންކުރީ ޖާޒިއާ އިން ފަރުމާކޮށްދިން ޖޯޒީ އެވެ. މިއީ ޖާޒިއާ ގެ ކޮލިޓީ ރަމްޒުކޮށްދޭ ވަރުގަދަ ލޭންޑް މާކެކެވެ.

HIRI: AN AUTHENTIC MALDIVIAN 🇲🇻 DESIGN INSPIRED BY STONE CRAFTSMANSHIP IN MALDIVES .Designed for Maldivians by a…

Posted by Jerzia on Friday, 30 August 2019

ޖޯޒީ ފަރުމާކުރުމުގެ އިތުރުން ޖާޒިއާ އިން މިހާރު އަންނަނީ ކުޅިވަރު ކުޅުންތެރިންނަށް ބޭނުންކުރާ އިސްޓާކީން ފަދަ ތަކެތިވެސް ފަރުމާކޮށް ފޯރުކޮށްދެމުންނެވެ. ޖާޒިއާގެ އުފެއްދުންތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް އަމިއްލަ ރަށުގައި ތިބެގެންވެސް ހޯދެން އެބައޮތެވެ. ޖާޒިއާގެ ވެބްސައިޓް www.jerzia.com   އަށް ޒިޔާރަތްކުރުމަށް ފަހު ބޭނުންވާ ވައްތަރެއްގެ ނުވަތަ ކުލައެއްގެ ޖާޒީ އޯޑަރުކުރަންވީ އެވެ. މީގެ އިތުރުން ޖާޒިއާގެ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް މެސެޖެއް ފޮނުވާލައިގެންވެސް ކުރިއަށްގެންދެވޭނެ އިންތިޒާމް ޖާޒިއާ އިން ވަނީ ފަހިކޮށްދީފަ އެވެ.

ކޮމެންޓް