Fahuminet
ފޮޓޯ ސްޓޯރީތައް

ނިއު ރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން

ފަހުމިނެޓް
ފަހުމިނެޓް
5 ފޮޓޯ

ނިއު ރޭޑިއަންޓުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްގެން. މެޗުގައި ނިއުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ. މެޗުގައި ގެރޯ ދެ ގޯލު ޖެހި. މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި. ގިނައީ ނިއުގެ ސަޕޯޓަރުން.

ނިއުގެ ސެންޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެފްއޭ ކަޕްގައި ވެސް ސެންޓޭ މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: އެފްއޭއެމް

1 / 5
ނިއުުގެ ބިދޭސީ ފޯވާޑް ގެރޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ގެރޯ ވަނީ އެފްއޭ ކަޕްގެ ތިން މެޗުގައި ފަސް ގޯލު ޖަހާފައި. ފޮޓޯ: އެފްއޭއެމް

2 / 5
ނިއުގެ ސެންޓޭ ޓީސީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ތިން މެޗުގައި 7 ގޯލު ޖަހައި އެފްއޭ ކަޕްގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދީ ސެންޓޭ. ފޮޓޯ: އެފްއޭއެމް

3 / 5
ނިއު ރޭޑިއަންޓުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުން. މި ސީޒަނުގެ ކުރިން ނިއު އިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ 2017 ވަނަ އަހަރު. އެފަހަރު ވެސް ބަލިކުރީ ޓީސީ ސްޕޯޓްސް. ފޮޓޯ: އެފްއޭއެމް

4 / 5
އެފްއޭ ކަޕްގެ ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބް. މިއީ އެފްއޭ ކަޕްގެ ފައިނަލުގައި ޖެހިޖެހިގެން ޓީސީ ބަލިވި ތިން ވަނަ ފަހަރު. މި އަހަރުގެ އިތުރުން 2016 އަދި 2017 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ޓީސީ އަށް ވަނީ ބަދުނަސީބާ ކުރިމަތިލާން ޖެހިފައި. ފޮޓޯ: އެފްއޭއެމް

5 / 5
Matches
4
Ongoing
Upcoming
Settings