އެފްއޭއެމް ފުޓްސަލް ނޯތު ޒޯން އެކެއްގެ ޗެމްޕިއަންކަން ނައިވާދޫ ހޯދުން
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތު ޒޯން އެކެއްގެ ފައިނަލް މެޗު ކުޅުނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ ހދ. ނައިވަދޫ ފުޓްސަލް ދަނޑުގަ. ފައިނަލް މެޗުގައި ނައިވާދޫ ވާދަކުރީ ހއ. އިހަވަންދޫއާ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު ނައިވާދޫ ކާމިޔާބުކުރީ 1-2 އިން. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫގެ މުހައްމަދު ޝާއިން.
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ގަދަ ފަހެއްގައި ހިމެނުނީ ނައިވާދޫ އަދި އިހަވަންދޫގެ ކުޅުންތެރިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ނޯތު ޒޯން އެކެއްގެ ރަނަރަޕް ޓީމު ހއ. އިހަވަންދޫ. ޒޯން ފައިނަލުގައި ބަލިވިޔަސް އިހަވަންދޫ ވަނީ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފަ. ފޮޓޯ: ކްލަބް މޯލްޑިވްސް
ފައިނަލް މެޗުގައި ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ބޯޅަ ހިފައިގެން ދާއިރު އިހަވަންދޫ ކުޅުންތެރިޔާ ސަމާލުވެގެން. ފޮޓޯ: ކްލަބް މޯލްޑިވްސް
ނައިވާދޫ ފުޓްސަލް ދަނޑުގައި ކުޅުނު ނޯތު ޒޯން އެކެއްގެ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ނޯތު ޒޯން އެކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނައިވާދުގެ މުހައްމަދު ޝާއިން. މުބާރާތުގައި ޖެހި 6 ގޯލާ އެކު ރަން ބޫޓު ވެސް ޝާއިން ހޯދި. ފޮޓޯ: ކްލަބް މޯލްޑިވްސް