Fahuminet
ފޮޓޯ ސްޓޯރީތައް

އަފްރޯ އިން ޗެމްޕިއަންކަން ހޯދި އޭދަފުށި ފުޓްސަލް ކަޕް 2026

ފަހުމިނެޓް
ފަހުމިނެޓް
12 ފޮޓޯ

އޭދަފުށި ކައުންސިލުން އިންތިޒާމުކުރި ފުޓްސަލް ކަޕްގައި މިއަހަރު 12 ޓީމު ވާދަކުރި. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަފްރޯ ސްޕޯޓްސް ކްލަބް. އެޓީމު ފައިނަލުގައި މޮޅުވީ އެއިޓީފޯ އެފްސީއާ ވާދަކޮށް 11-5 އިން. މިއީ އަފްރޯ އިން އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރު. މިއަހަރުގެ މުބާރާތުގައި ފުޓްސަލް ތަރިން ހިމެނޭހެން އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިން ފެނިގެންދިޔަ.

ފައިނަލް މެޗުގައި ގޯލު ޖެހުމަށް ފަހު އަފްރޯގެ މުހައްމަދު ފާސިރު (ފާއްޓެ) އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

1 / 12
އެއިޓީފޯގެ ކުޅުންތެރިން ފައިނަލުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

2 / 12
އަފްރޯގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ފައިނަލް މެޗުގައި ކުޅެނީ. އަފްރޯ އިން ޓީމުގައި ހިމެނި ރަށުން ބޭރު ކުޅުންތެރިއަކީ ރާއްކޮ. ފޮޓޯ: އޭދަފުށި ކައުންސިލް

3 / 12
އެއިޓީފޯ ބަލިކުރި ފައިނަލް މެޗުގައި ފާސިރު ބޯޅަ ފޮނުވާލަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

4 / 12
އެއިޓީފޯގެ ކުޅުންތެރިން ފައިނަލުގައި ގޯލު ޖެހުމަށް ފަހު. ފައިނަލާ ހަމައަށް އެޓީމުން ނެރުނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް. ފޮޓޯ: އޭދަފުށި ކައުންސިލް

5 / 12
ރަނަރަޕް ޓީމު އެއިޓީފޯ. އެޓީމު ފައިނަލަށް ކުރި ދަތުރުގައި މަޝްހޫރު ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމުތައް ބަލިކުރި. ފޮޓޯ: އޭދަފުށި ކައުންސިލް

6 / 12
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފާސިރު (ކ)، ހުސައިން ސުހައިލް (ސޮކޭ)، މުހައްމަދު އަޖުފާން، އިޝާން އިބްރާހީމް (ސައްޓު) އަދި މުހައްމަދު ހައްސާން އަހުމަދު. ފޮޓޯ: އޭދަފުށި ކައުންސިލް

7 / 12
އަފްރޯ އަށް ތަށި ހޯދައިދިން ކޯޗު މުހައްމަދު ފުހެއިދު (ޓޯޑް)، އެންމެ މޮޅު ކޯޗުގެ މަގާމާ އެކު. ފޮޓޯ: އޭދަފުށި ކައުންސިލް

8 / 12
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި އެއިޓީފޯގެ ސުއުބާން އަބްދުއްރަޝީދު. ފޮޓޯ: އޭދަފުށި ކައުންސިލް

9 / 12
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު އަޒްދާން ޝާކިރު. ހުނަރުވެރި ޒުވާން މޮޅެތި ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ވެސް ފެނުނު. ފޮޓޯ: އޭދަފުށި ކައުންސިލް

10 / 12
މުބާރާތުގެ ކިންގުގެ މަގާމް ހޯދި ފާއްޓެ. މުބާރާތުގައި 15 ގޯލު ޖަހައި ރަން ބޫޓޫ ވެސް ހޯދީ ފާއްޓެ. ފޮޓޯ: އޭދަފުށި ކައުންސިލް

11 / 12
ސައްޓު ޓްރޮފީއާ އެކު. ފުޓްސަލް އާއި ފުޓްބޯޅައިގައި ކާމިޔާބު މި ކުޅުންތެރިޔާ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: އޭދަފުށި ކައުންސިލް

12 / 12
Matches
1
Ongoing
1
Upcoming
Settings