ފީއަލީ ޔޫތް މުބާރާތުގެ ފައިނަލަށް ޖެކްސްޕެރޯ އާއި ޔަންގް ބޯއިސް

Advertisement

ފީއަލީ ޔޫތް މުބާރާތުގެ ފައިނަލަށް ޖެކްސްޕެރޯ އާއި ޔަންގް ބޯއިސް

ޢަބްދުﷲ އަޝްރަފް
މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޖެކްސްޕެރޯ ޓީމް. ފައިނަލް މެޗު އޮންނާނީ މާދަމާ. ފޮޓޯ: ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އެރަށުގެ 18 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖެކްސްޕެރޯ އާއި ޔަންގް ބޯއިސް ހިނގައްޖެއެވެ. އެފްޑީއެސް ޔޫތް ފުޓްބޯލް ޗެލެންޖް 2019 ގެ ނަމުގައި ފީއަލީ ރަސްމީ ބޯޅަދަނޑުގައި ކުރިއަށްގެންދާ މި މުބާރާތަކީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ ޖެކްސްޕެރޯ ވަނީ އެޓީމުން ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްފައެވެ. ޖެކްސްޕެރޯއިން ކުޅުނު ތިން މެޗްގައި 21 ގޯލް ޖަހައިފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. ޔަންގް ބޯއިސް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްގެންނެވެ. ޔަންގް ބޯއިސް އިން މުބާރާތުގައި 19 ގޯލް ޖަހައިފައިވާއިރު އެޓީމު ކޮޅަށް 14 ގޯލް ވަދެފައިވެއެވެ.

Advertisement

ޖުމްލަ ހަތަރު ޓީމުން ބައިވެރިވި މި މުބާރާތް އިންތިޒާމްކޮށްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖައްސައިފައިވަނީ މާދަމާ ހަވީރު އެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބޮޑު ޗުއްޓީ އާ ދިމާކޮށް ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އިން ކުރިއަށްގެންދާ މި މުބާރާތަކީ ފީއަލީގައި ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް އެހީތެރިވެދިނުމުގެ އިތުރުން ސްކޫލް ޗުއްޓީގެ ދުވަސްތައް ރަގަޅު ގޮތުގައި ހޭދަކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ޓީމް ލިސްޓްގައި ހިމެނެނީ ގިނަވެގެން ދެ ކުޅުންތެރިންގެ ނަމެވެ. މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް 18 އަހަރުން ދަށުގެ އެކި އުމުރުފުރާ ތަކުގެ ކުޅުންތެރިން ހިމަނަންޖެހެއެވެ.

މުބާރާތް އިންތިޒާމްކުރާ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އަކީ 2006 ވަނަ އަހަރު އުފައްދައިފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން އަންނަނީ ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ހިންގުމުގެ އިތުރުން ރަށުގެ ތަރައްގިއަށްކުރެވޭ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *