ގޮސިޕް: ހިގުއައިން ޗެލްސީ އަށް؟ ޔުނައިޓެޑަށް ކޫލިބަލީ ލިބޭކަށް ނެތް

Advertisement

ގޮސިޕް: ހިގުއައިން ޗެލްސީ އަށް؟ ޔުނައިޓެޑަށް ކޫލިބަލީ ލިބޭކަށް ނެތް

ޢަލީ ޝަހީމް
ހިގުއައިން އޭސި މިލާނަށް ގޯލެއް ޖެހުމަށްފަހު. ޗެލްސީ އޭނާ ގެންދަން ޝައުގުވެރިވޭ

ޔުވެންޓަސްގެ ލޯނެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އުމުރުން 31 އަހަރުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޗެލްސީއާ ވަރަށް އަވަހަށް ގުޅޭގެނަކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިދިޔަ މަހުގެ ފަހުކޮޅު ނޫސްތަކުން ވަނީ ހިގުއައިން އާއި ޗެލްސީގެ މިހާރުގެ ފޯވާޑް އަލްވާރޯ މޮރާޓާ ބަދަލުކުރަން ޗެލްސީން ބޭނުންވާކަމަށް ރިޕޯޓުކޮށްފައެވެ.

ޗެލްސީގެ ފޯވާޑުންނަށް ގޯލު ޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާތީ މި ޖެނުއަރީ މަހު އެ ކްލަބަށް ފޯވާޑެއް ގެނައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ލޯނެއްގެ ދަށުން ހިގުއައިން މިލާނަށް ކުޅެނީ 18 މިލިއަން ޔޫރޯއަށެވެ. އަދި މި ސީޒަނަށް ނިމުމުން ހިގުއައިންގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު މިލާނަށް އެބައޮތެވެ. އެކަމަކު އެޓީމުން ބޭނުންވާ ވަރުގެ ކުޅުމެއް ނުފެންނާތީ ހިގުއައިން އަށް ބޮޑު އަގެއް ދީގެން ކްލަބުގައި ބަހައްޓަން ބޭނުން ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޗެލްސީން ހިގުއައިން ގެންދާނަމަ މިލާނުން ކުރާ ހަރަދު އެޓީމުންވެސް ކުރަން ޖެހޭނެއެވެ.

Advertisement

ޖެނުއަރީ މަހު ކޫލިބަލީ ޔުނައިޓެޑަށް ނުވިއްކާނެ

އިޓަލީގެ ނަޕޯލީއަށް ކުޅޭ ސެނެގާލްގެ މޮޅު ޑިފެންޑަރު ކަލިދޫ ކޫލިބަލީ މި ޖެނުއަރީ މަހު ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑަށް ނުވިއްކާނެ ކަމަށް އީއެސްޕީ އެން އިން ރިޕޯޓު ކޮށްފިއެވެ. ޔުނައިޓެޑުން އުއްމީދުކުރީ ޗެމްޕިއަންސް ލީގުން ނަޕޯލީ ކެޓުމާއެކު ޖެނުއަރީ މަހުގެ ޓްރާންސްފާގައި ކޫލިބަލީ އެޓީމަށް ގެނައުމަށެވެ. ރިޕޯޓުތައް ބުނާގޮތުން ކޫލިބަލީ ޔުނައިޓެޑާއި ގުޅެން ބޭނުންވި ނަމަވެސް ނަޕޯލީން އެ ފުރުސަތު ދޭނީ މި ސީޒަން ނިމުމުންނެވެ. ކޫލިބަލީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނަޕޯލީއާއެކު 2023 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓް އާކޮށްފައެވެ. އުމުުރުން 27 އަހަރުގެ ޑިފެންޑަރަށް ޔުނައިޓެޑް ގެ އިތުރުން ޔޫރަޕްގެ ބޮޑެތި އެހެން ކްލަބަތަކުންވެސް ކަޅިއަޅައެވެ.

އިންޓަ މިލާނުން މޮޑްރިޗް ގެންދަނީ؟

އިޓަލީގެ އިންޓަ މިލާނަށް ކުޅޭ އުމުރުން 29 އަހަރުގެ އިވާން ޕެރިސިޗް މެންޗެސްޓަރ ޔުނައިޓެޑަށް ބޮޑު އަގުގައި ވިއްކާލުމަށްފަހު ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް އެންމެ ފަހުން ހޯދި ލޫކަ މޮޑްރިޗް ގެންދަން ބޭނުންވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 33 އަހަރުގެ މޮޑްރިޗަކީ އިންޓަ އިން އެންމެ ބޭނުންވާ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން ޕެރިސިޗް ގެންދަން ޔުނައިޓެޑުން ވަނީ މީގެ ކުރިން ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ. ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާތީ މޮޑްރިޗް ވެސް ރެއާލް ދޫކޮށް އިންޓަ އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ޕެރިސިޗް ދޫކޮށްލުމަށްފަހު މޮޑްރިޗް ހޯދުމަށް ބޭނުންވާ ފަންޑު އިތުރުކޮށް ރެއާލް މެޑްރިޑާއެކު މަޝްވަރާތައް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުޑްސަން އޮޑޯއީ ގެންދަން ބަޔާނުން ފަހުގެ މަސައްކަތް ފަށައިފި

ޗެލްސީ އަށް ކުޅޭ އުމުުރުން 18 އަހަރުގެ ފޯވާޑް ކަލުމް ހޮޑްސަން އޮޑޯއީ ގެންދަން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ޖަރުމަނުގެ ބަޔާން މިއުނިކުން ފަށާފައިވާކަމަށް ދި ގާޑިއަން އިން ރިޕޯޓު ކޮށްފިއެވެ. ހޮޑްސަން އޮޑޯއީ އަށް ޗެލްސީން ފުރުސަތު ނުލިބޭތީ އޭނާވެސް ބޭނުންވަނީ ކްލަބް ދޫކޮށްލާށެވެ. އެކަމަކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ރޭ ލީގު ކަޕްގެ ކުއާޓާ ފައިނަލުގެ މެޗުގައިވެސް ފުރަތަމަ އެގާރައިން ހުޑްސަން އޮޑޯއީ އަށް ފުރުސަތު ދީފައެވެ.

ބަޔާނުން އޮޑޯއީ ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މިސީޒަނަށްފަހު ކްލަބް ދޫކޮށްލާ އެޓީމުގެ އާޔެން ރޮބެންއާއި ކުޅުން ހުއްޓާލަކް ކައިރި ވެފައިވާ ފްރޭންކް ރިބެރ ގެ ބަދަލުގައި ޓީމަށް ޒުވާން ކުޅުންތެރިން އިތުރު ކުރުމެވެ. ބަޔާނުން މިހާރު ވަނީ އޮޑޯއީ ގެންދިއުމަށް ޗެލްސީ އަށް 35 މިލިއަން ޕައުންޑް ހުށަހަޅައިފައެވެ. މީގެ ކުރިން ޗެލްސީން ވަނީ ބަޔާން ހުށަހެޅި 30 މިލިއަން ޕައުންޑަށް ނޫނެކޭ ބުނެފައެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު މިހާރު އަންނަނީ އޮޑޯއީގެ ކުޅުމަށް ތައުރީފް ކުރަމުންނެވެ. ސާރީ މީގެ ދެ ދުވަސް ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އޮޑޯއީ އަކީ ޗެލްސީގެ ފުރަތަމަ އެގާރަށް އެރޭނެ ކުޅުންތެރިއެއްކަމަށާއި، އިނގިރޭސި ކުޅުންތެރިއަކަށް ވުމުން އެންމެ ރަނގަޅުވާނީ ޗެލްސީގައި މަޑުކުރަށް ކަމަށެވެ. އޮޑޯއީގެ ކޯޅުންގަނޑުގެ ތެރެއިން ބަޔާނުން ހަދާ އެއްޗެއް ބަލަން ތިބެމާ ހިނގާށެވެ.

ޓޮޓެންހަމުން އެރިކްސަން ސަހަލު އަގެއްގައި ދުލެއް ނުކުރާނެ

ރެއާލް މެޑްރިޑުން ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގެންދަން ބޭނުންވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެންމާކް މިޑްފީލްޑަރު  ވިއްކާލާނެ އަގު ޓޮޓެންހަމުން ކަނޑައަޅައިފި ކަމަށް މެޑްރިޑްގެ ނޫހަކުން ރިޕޯޓު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވަނީ އުމުރުން 26 އަހަރުގެ އެރިކްސަން ވިއްކާނެ އަގަކީ 225 މިލިއަން ޕައުންޑު ކަމަށް ރެއާލް މެޑްރިޑަށް އަންގައިފައެވެ.

ރެއާލް މެޑްރިޑުގެ ޓީމުގެ ބައެއް ކުޅުންތެރިން ދޫކޮށްލުމަށްފަހު އެ ކްލަބުން މަސައްކަތް ކުރަމުން އަންނަނީ ޓީމަށް ބޮޑު ބަދަލެއް ގެނައުމަށެވެ. ލީގުގައި އެޓީމު މިވަގުތު ފަސް ވަނައިގައި އޮތް އިރު އެންމެ ފަހުން އެޓީމުން ގެންދިޔަ ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީގެ ޒުވާން ތަރި ބްރަހިމީ ޑިއާޒް އެވެ. އެޓީމުން މިހާރު އެރިކްސަން އަށް ފާރަލާއިރު ޓޮޓެންހަމުން އަންނަނީ އެރިކްސަންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *