ޝަރަފާއެކު އަލީ ބެޑްމިންޓަންގެ ތާރީހުގެ ތެރެއަށް

ބެޑްމިންޓަން އޭޝިއާއިން އެކްރެޑިޓް ކުރި ރާއްޖޭގެ ފުރަތަމަ ރެފްރީއަކަށް ވުމުގެ ޝަރަފް އަލީ އަބްދުލް ކަރީމް ހޯދައިފި އެވެ. ރާއްޖޭގެ ބެޑްމިންޓަން ރެފްރީ ބައިނަލްއަގްވާމީ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިފައިވާކަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޔަގީންކޮށްދީފައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ރެފްރީއަކު ބެޑްމިންޓަން އޭޝިއާއިން އެކްރެޑިޓް ކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީ އަލީ އަބްދުލް ކަރީމް ސިފަކުރަނީ އޭނާގެ ކެރިއަކުގައި ލިބުނު ބޮޑު ކުރިއެރުމެއް ގޮތަށެވެ. އަލީ އަބްދުލް ކަރީމް އަންނަނީ 1999 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޮފިޝަލެއް ގޮތުގައި މަސައްކަތް ކުރަމުންނެވެ. ރެފްރީއެއް ގޮތަށް ބެޑްމިންޓަން އޭޝިއާއިން ރަސްމީކޮށް އަލީ އަބްދުލް ކަރީމް ހަމަޖެއްސުމުން ރާއްޖޭގައި އޮންނަ ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ރާއްޖޭގެ ރެފްރީއަކަށް މެޗަށް އިންސާފު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބައިނަލްއަގްވާމީ މެޗުތަކުގައި އޮފިޝަލްކަން ކުރުމުގެ އިތުރުން އަލީ އަބްދުލް ކަރީމް އަކީ އޮލިމްޕިކްސް އާއި ބެޑްމިންޓަން ވޯލްޑް ކަޕްގައިވެސް ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ރެފްރީ އެކެވެ. އަދި، އޭނާ ވަނީ ބީއޭސީ އެމްޕަޔަރ ކޯސް ވެސް ފުރިހަމަ ކޮށްފައެވެ.
އަލީ އަބްދުލް ކަރީމް މި ހޯދު ކުރިއެރުމަށް “ފަހުމިނެޓް” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.
Advertisement


Leave a Reply