އެފްއޭ ކަޕްގައި އާސެނަލާއި ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ އެވެ. 32 ޓީމު ވާދަކުރާ މި ބުރުގައި މި ދެޓީމު ބައްދަލުކުރާ މެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.
އެފްއޭ ކަޕްގައި މި ދެޓީމު ބައްދަލުކުރަން ޖެހޭއިރު 13 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އާސެނަލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އާސެނަލްގެ ފަހަތުން ދެ ވަނަ ލިބެނީ 12 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޔުނައިޓެޑަށެވެ. އާސެނަލް އެންމެ ފަހުން އެފްއޭކަޕް ކާމިޔާބުކުރީ 2017 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ ބަލިކޮށްގެންނެވެ. ޔުނައިޓެޑުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2016 ވަނަ އަހަރު ކްރިސްޓަލް ޕެލޭސް އަތުން ފައިނަލުގައި މޮޅުވެގެންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި ފައިނަލުގައި ޔުނައިޓެޑް ވަނީ 1-0 އިން ޗެލްސީ އަތުން ބަލިވެފައެވެ. އެފްއޭ ކަޕް ފައިނަލުގައި އާސެނަލް އެންމެ ފަހުން ބަލިވީ 2001 ވަނަ އަހަރު ލިވަޕޫލް އަތުންނެވެ. އާސެނަލް ހަތް ފައިނަލުން ބަލިވިއިރު ޔުނައިޓެޑް ވަނީ އަށް ފައިނަލުން ބަލިވެފައެވެ.
The FA Cup fourth-round draw is complete! ???? pic.twitter.com/tFmE6kkrAk
— B/R Football (@brfootball) January 7, 2019
މެންޗެސްޓަރ ސިޓީ ހަތަރު ވަނަ ބުރުގައި ވާދަކުރަން ޖެހޭނީ އަމިއްލަ ދަނޑުގައި ބާންލީ އާއެވެ. ތިން ވަނަ ބުރުގައި ހަތް ގޯލު ޖަހައިގެން ހަތަރު ވަނަ ބުރުގެ ފުރުސަތު ހޯދި ޓޮޓެންހަމް ހޮޓްސްޕާސް ރަށުން ބޭރުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކުރަން ޖެހޭއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ޗެލްސީ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭނީ ޝެފިލްޑް ވެނިސްޑޭ އާއި ލޫޓޮން ޓައުން އާ ކުޅެގެން މޮޅުވާ ބަޔަކާއެވެ. ލިވަޕޫލް ކަޓުވާލި ވުލްވްސް ހަތަރު ވަނަ ބުރުގައި ކުޅޭނީ ޝްރިއުސްބަރީ ނުވަތަ ސްޓޯކް ސިޓީ އާއެވެ. ގަދަ 32 ޓީމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އާއި 28 ވަނަ ދުވަހާއި ދެމެދު އެވެ.
Advertisement


Leave a Reply