ފެނާންޑީނިއޯ ފިޓްކޮށް ހުރޭތޯ ދުއާކޮށްދީ: ގާޑިއޯލާ

Advertisement

ފެނާންޑީނިއޯ ފިޓްކޮށް ހުރޭތޯ ދުއާކޮށްދީ: ގާޑިއޯލާ

ޢަބްދުﷲ އަޝްރަފް
ގާޑިއޯލާ ފެނާންޑީނިއޯ އާއެކު. ލިވަޕޫލް މެޗުގައި ފެނާންޑީނިއޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި

މެންޗެސްޓަރ ސިޓިއަށް ކުޅޭ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ފެނާންޑީނިއޯ ނެތްތަން ފޫބެއްދޭ ވަރުގެ ކުޅުންތެރިއަކު ޓީމުގައި ނެތް ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓޭބަލްގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި ވާދަކޮށް 1-2 އިން މޮޅުވި މެޗްގައި ފެނާންޑީނިއޯގެ ފަރާތުން ފެނުނު އާދަޔާ ހިލާފް މޮޅު ކުޅުމުން އެކަން ސާބިތުވާ ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ސާޖިއޯ އަގުއޭރޯ އާއި ލެރޯއީ ސާނޭ ކާމިޔާބުކޮށްދިން ގޯލްތަކުން ލިވަޕޫލްގެ މައްޗަށް ސިޓީން ހޯދި މޮޅާއެކު އެ ދެޓީމްގެ ދެމެދުގައި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ވަނީ ކުޑަވެފައެވެ.

މިދިޔަ މަހު ސިޓއިން ޖެހިޖެހިގެން ދެ މެޗުން ބަލިވިއިރު އެ ދެމެޗްގައިވެސް ފެނާންޑީނިއޯ ކުޅެފައެއް ނުވެއެވެ. ކްރިސްޓަލް ޕެލަސް ގެ އިތުރުން ލެސްޓަރ ސިޓީއާ ވާދަކޮށް ސިޓީ ބަލިވި މެޗްގައި ފެނާންޑީނިއޯ ނެތްތަން ފޫބައްދަން ކުޅުނު ޖޯން ސްޓޯންސް އާއި އިލްކާއި ގުންޑޮގާން އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

“ފެނާންޑީނިއޯ ގެ ވަކިވަކި ކޮލިޓީސް އޭނަގެ ބަދަލުގައި އޭނަ ކުޅޭތަން ފޫބެއްދޭނެ މީހަކު މި ޓީމަކު ނެތް. އޭނައަކީ އާދަޔާހިލާފް މޮޅު ކުޅުންތެރިއެއް. ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗްގައި އެކަން އޭނަ އެވަނީ ސާބިތުކޮށްދީފަ.” މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފައިވެއެވެ.

“ދުއާ ކުރޭ، އިންޖަރީ އެއް ނުވެ ވީހާވެސް ގިނަ ދުވަހަކު އޭނައަށް ކުޅެވޭތޯ.” ގާޑިއޯލާ އިތުރަށް ބުނެފައިވެއެވެ.

މެންޗެސްޓަރ ސިޓީން ފެނާންޑީނިއޯ އެ ކްލަބަށް ގެނައީ 2013 ވަނަ އަހަރު 30 މިލިއަން ޕައުންޑަށެވެ. އޭރު ފެނާންޑީނިއޯ ކުޅެމުން އައީ ޔޫކްރޭންގެ ޝަކްތާ ޑޮނެސްކަށެވެ. ފެނާންޑީނިއޯ އަކީ ގާޑިއޯލާގެ ގޭމް ޕްލޭންގައި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ގިނަ ރެކޯޑުތަކަކާއެކު މިދިޔަ ސީޒަނުގައި ސިޓީން ލީގު ކާމިޔާބު ކުރިއިރު ފެނާންޑީނިއޯ ވަނީ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އުމުރުން 33 އަހަރުގެ މި ކުޅުންތެރިޔާ މިހާތަނަށް ސިޓީއަށް ކުޅުނު 256 މެޗްގައި 23 ގޯލް ޖަހައިފައިވެއެވެ. 2011 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ފެނާންޑީނިއޯ ވަނީ މިހާތަނަށް އެގައުމަށް 49 މެޗު ކުޅެދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *