ގއ. ނިލަންދޫ ވޮލީ މުބާރާތުގެ ތަށި މަންތާ ކުއީން އަށް

Advertisement

ގއ. ނިލަންދޫ ވޮލީ މުބާރާތުގެ ތަށި މަންތާ ކުއީން އަށް

ޢަބްދުﷲ އަޝްރަފް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަންތާ ކުއީން ޓީމު ތައްޓާއެކު. ފޮޓޯ: ގއ. ނިލަންދޫ ކައުންސިލް

ގއ. ނިލަންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށް އެރަށުގެ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މަންތާ ކުއީން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން މަންތާ ކުއީން ހޯދީ ފައިނަލްގައި ފަހެލި އާ ބައްދަލުކޮށް 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ކައުންސިލް ވިލާގިއޯ ވޮލީ ޗެލެންޖް 2018 ގެ ނަމުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި މުބާރާތުގެ ފައިނަލް މެޗް އޮތީ މިދިޔަ ބުދަދުވަހު ހަވީރު ނިލަންދޫ ރަސްމީ ވޮލީ ކޯޓްގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަންތާ ކުއީން ގެ ފާތިމަތު ޝަރުމާ ނަޖީބެވެ.

ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލަށް މަންތާ ކުއީން ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާގޮތަށް މުބާރާތް ރާވައިފައި އޮތް އިރު ދެ ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ފަހެލި ބަލިވެފައިވަނީ ހަމައެކަނި މަންތާ ކުއީން އަތުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން މަންތާ ކުއީން ގެ ޝިފްނާ އަހުމަދެވެ. އަދ، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މަރިޔަމް ނާމިޒާ އެވެ. އެންމެ މޮޅު ސްޕައިކަރަކަށް ފަހެލި ޓީމުގެ ޝާލިޔާ އަހުމަދު ހޮވުނުއިރު އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނީ ފަހެލި ޓީމުގެ ޒަހާނާ އިބްރާހީމް އެވެ. މުބާރާތުގެ އެންމެ މޮޅު ސާވަރަށް ހޮވިފައިވަނީ ފަހެލި ޓީމުގެ އާއިޝަތު އިބްރާހިމް އެވެ. އަދި، އެންމެ މޮޅު ރިސީވަރަކަށް ހޮވިފައިވަނީ މަންތާ ކުއީން ގެ ފާތިމަތު ޝަރްމާ ނަޖީބެވެ.

މަންތާ ކުއީން އާއި ފަހެލިގެ އިތުރުން މި މުބާރާތުގައި ދެން ވާދަކޮށްފައިވަނީ ސުޕަރ ގާލްސް އާއި އަންގަލަވާ އެވެ. ނިލަންދޫގެ އަންހެނުންގެ ކިބައިގައި ވޮލީ ކުޅުމުގެ ޝައުގުވެރިކަން އިތުރުކޮށް ކުޅިވަރުގެ ތެރެއިން ދުޅަ ހެޔޮ ސިއްހަތެއް ރަށުގެ އަންހެނުންނަށް ހޯދައިދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމްކޮށްގެން މިފަދަ މުބާރާތެއް ކުރިއަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *