ސައުތެމްޓަން ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

Advertisement

ސައުތެމްޓަން ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސައުތެމްޓަން 3-1 އިން ބަލިކޮށް މެންޗެސްޓަރ ސިޓީ އިން އެއް ވަނައިގައި އޮތް ލިވަޕޫލާ ފަރަގު ކުޑަކޮށްފި އެވެ. ރޭގެ މޮޅާއެކު ސިޓީ އަށް އަލުން ދެ ވަނަ ލިބިފައިވާއިރު މިހާރު އެއް ވަނައިގައި އޮތް ލިވަޕޫލާ އޮތީ ހަތް ޕޮއިންޓުގެ ތަފާތެކެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 54 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 47 ޕޮއިންޓު ލިބިފައިވާއިރު ދެން ލީގުގައި އޮތީ މި ދެޓީމުގެ ކުރިމަތިލުމެކެވެ. ބުރާސްފަތި ދުވަހުގެ ރޭ މި މެޗު ކުޅޭނީ ސިޓީގެ ދަނޑުގައެވެ. ލީގުގައި މިދިޔަ ސީޒަނުގައި ސިޓީން ބަލިނުވެ ދަމަހައްޓަމުން ދިޔަ ރެކޯޑަށް ހުރަސް އެޅީ ލިވަޕޫލުންނެވެ. 22 މެޗު ބަލިނުވެ ސިޓީން ލީގުގައި ކުޅުނުއިރު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 4-3 އިންނެވެ. އަނެއްކޮޅުން މިފަހަރުގެ ލީގުގައި ސިޓީގެ ދަނޑަށް ލިވަޕޫލް ދާއިރު ލީގުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ލިވަޕޫލެވެ.

Advertisement

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާތީ ސިޓީ އަށް ރޭގެ މެޗުން މޮޅެއް އޮތީ މަޖުބޫރުވެފައެވެ. ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިޓީންނެވެ. ބަނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ ޑޭވިޑް ސިލްވާ އެވެ. ގޯލަށް ފަހުވެސް ސިޓީގެ ފަރަގު ބޮޑުކުރަން ސާޖިއޯ އަގުއޭރޯ އާއި ރިޔާދް މާރޭޒް އަދި ރަހީމް ސްޓާލިން އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ސައުތެމްޓަންގެ ޕިއެރޭ އެމިލް ހޮއެބާގް ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ނަތީޖާ އެއްވަރުކޮށްފައެވެ.

ސިޓީން މެޗުގެ ދެ ވަނަ ގޯލާއި ތިން ވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ސްޓާލިން ނަގައިދިން ހުރަހަކުން ސައުތެމްޓަންގެ ޖޭމްސް ވާޑް-ޕްރޯސް އަތުން ދެ ވަނަ ގޯލު ބައިކޮޅަށް ވަން އިރު ތިން ވަނަ ގޯލު ޖެހީ އަގުއޭރޯ އެވެ. މިއީ ގާޑިއޯލާގެ ކޯޗުކަމުގެ ދަށުގައި އަގުއޭރޯ ލީގުގައި ޖެހި 50 ވަނަ ގޯލެވެ. މެޗުގެ 85 ވަނަ މިނެޓުގައި ސައުތެމްޓަންގެ ހަމައެކަނި ގޯލުޖެހި ހޮއެބާގް އަށް ރެފްރީ ވަނީ ރަތްކާޑު ދައްކައިފައެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެ ބައްޔަށްފަހު ލިބުނު މޮޅާމެދު ހިތްހަޖެހޭ ކަމަށެވެ.

“ޓީމަކުން ސަތޭކަ ޕޮއިންޓް ހޯދާފަ އޭގެ ފަހުން ފުރަތަމަ ބުރުގަ 45 ޕޮއިންޓު ހޯދުމަކީ ދަށް ނަތީޖާއެއް ނޫން. މި މެޗުގަ 1-1 ވުމުގެ ކުރިން އަހަރެމެން ކުޅުނީ ގިނަ ގޯލުތަކެއް ޖަހަން” މިދިޔަ ސީޒަނުގައި 100 ޕޮއިންޓު ހަމަކޮށް ލީގު ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *