ސަލާހްގެ ހިތްގައިމު އަމަލާއެކު ކްލޮޕަށް ނުރޮވުނީ ކިރިޔާ

Advertisement

ސަލާހްގެ ހިތްގައިމު އަމަލާއެކު ކްލޮޕަށް ނުރޮވުނީ ކިރިޔާ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗްގައި އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ މިސްރުގެ ފޯވާޑް މުހައްމަދު ޞަލާހް އަމިއްލައަށް ނުޖަހައި އެޓީމުގެ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށަ ދިން ވަގުތު އުފަލުންގޮސް ނުރޮވުނީ ކިރިޔާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. ޞަލާހް ޕެނަލްޓީ ޖަހަން ފިރްމީނޯ އަށް ދިނީ އޭނާއަށް ހެޓްރިކް ހަދަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ރޭގެ ހެޓްރިކާއެކު ފިރްމީނޯ ވެފައިވަނީ ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ތިން ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ކުޅުންތެރިންނަކީ މެންޗެސްޓަރ ސިޓީއަށް ކުޅުނު ރޮބީނިއޯ އާއި މިޑްލްސްބަރާ އަށް ކުޅުނު އެފޮންސޯ އަލްވޭސް އެވެ.

ރޭގެ މެޗްގެ ވަރަށް ކުރީ ކޮޅު އާސެނަލް އިން ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް އޭގެ ފަހުން ލިވަޕޫލުން ވަނީ މޮޅަށް ކުޅެ 1-5 އިން މެޗް ކާމިޔާބުކޮށް ލީގުގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ރޭގެ މެޗްގައި ފިރްމީނޯ ހެދި ހެޓްރިކްގެ އިތުރުން ލިވަޕޫލްގެ އަނެއް ދެ ލަނޑު ޖަހައިފައިވަނީ މުހައްމަދަ ޞަލާހް އާއި ސަދިއޯ މަނޭ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެއިޓްލެންޑް ނައިލްސް އެވެ.

“ސަލާހް ބޮބީ އަތަށް ޕެނަލްޓީ ޖަހަން ދިނުމުން އަހަރެންނަށް ނުރޮވުނީ ހަމަ ކިރިޔާ. އެއީ އަހަރެމެން އެންމެންނަށްވެސް އެބަ އެނގޭ ޞަލާހް ލަނޑުޖަހަން ބޭނުންވާނެ ވަރު. އެއީ ހަގީގަތުގައިވެސް ބަލާލަން ވަރަށް ހިތްގައިމު މަންޒަރެއް.” މެޗަށްފަހު ބީބީސީ ސްޕޯޓްސް އާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ވަނީ އާސެނަލް އިން ލަނޑެއް ޖަހައި ކުރި ހޯދައިފައި ވަނިކޮށް ލިވަޕޫލުން އެއަށް ރައްދު ދިންލެއް ފުރިހަމަކަމުން އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

“އެއީ ހަމަ ދުނިޔޭގެ ފެންވަރުގެ ރައްދެއް. އަހަރެމެން މަޑުމަޑުން ކުޅެގެން އެމީހުން ލައްވާ ގޯސްތައް ހެދުވީ.” ކްލޮޕް ބުންޏެވެ.

ލީގްގައި ލިވަޕޫލް ދެންކުޅޭ މެޗްގައި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ރަށުން ބޭރުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއެވެ. އެ މެޗަށް ލިވަޕޫލް ނުކުންނާނީ ޔަގީނުންވެސް ސިޓީއަށްވުރެ ހަތް ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އެ މެޗުން ލިވަޕޫލް ބަލިނުވެ ސަލާމަތްވެއްޖެނަމަ އެމީހުން އޮންނާނީ 1990 ވަނަ އަހަރުގެ ފަހުން ލީގް ތަށި ފުރަތަމަ ފަހަރަށް ހޯދަންކުރާ މަސައްކަތުގައި ވަރަށް ރަގަޅު ހިސާބެއްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *