ހަޒާޑަށް ކޮންމެވެސް އެއް ގޮތެއް އެބަ ހަދަންޖެހޭ: ސާރީ

Advertisement

ހަޒާޑަށް ކޮންމެވެސް އެއް ގޮތެއް އެބަ ހަދަންޖެހޭ: ސާރީ

ޢަލީ ޝަހީމް

ޗެލްސީގެ ހުނަރުވެރި ކުޅުންތެރިޔާ އެޑެން ހަޒާޑް ކްލަބުގެ އެއްބަސްވުން އިތުރުކުރުމަށް ގޮތެއް ނިންމަވީ ވަގުތަކީ މިއީ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ. ހަޒާޑް ވަނީ ލީގުގައި އެންމެ ފަހުން ވެޓްފޯޑް ކޮޅަށް ޖެހިި ދެގޯލާއެކު އެ ކްލަބަށް 100 ގޯލު ހަމަކޮށްދިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެެވެ. އެ މެޗަށްފަހު އުމުރުން 27 އަހަރުގެ ހަޒާޑް ބުނީ ޖޯން ޓެރީ އާއި ޑިޑިއޭ ޑްރޮގްބާ ގޮތަށް ޗެލްސީގެ ލެޖެންޑަކަށް ވާން އޭނާ ބޭނުންވާ ކަމަށެވެ.

ހަޒާޑް ޗެލްސީއާއެކު ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރުގެ ޖޫން މަހަށެވެ. ޗެލްސީގެ އާ އެއްބަސްވުމެއްގައި ހަޒާޑް އަދި ސޮއިކޮށްފައި ނުވާއިރު އޭނާ އެންމެ ބޮޑަށް ޝައުގުވެރިވާ ކްލަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑް އެވެ. ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި މައުރީޒިއޯ ސާރީގެ އެންމެ ބޮޑު ޓާގެޓަކީވެސް ހަޒާޑް ކްލަބުގައި ބެހެއްޓުމެވެ. ސާރީ ވަނީ ހަޒާޑްގެ އެއްބަސްވުން އާކުުރުމާއި ގުޅޭގޮތުން ތަކުރާރުކޮށް މީގެ ކުރިން ވާހަކަ ދައްކައިފައެވެ.

ހަޒާޑް ދިގު މުއްދަތަކަށް ޗެލްސީގައި ހުރުމުގެ ފުރުސަތާއި ގުޅޭގޮތުން ނޫސްވެރިއަކު ސާރީއާ ސުވާލުކުރުމުން ބުނީ މިއީ ހަޒާޑުގެ މައްސަލައިގައި ގޮތެއް ނިންމަންވީ ވަގުތު ކަމަށެވެ. 

“އަހަންނަކަށް ނޭނގޭ. އެކަމަކު މިއީ އެކަން ނިންމަންވީ ވަގުތު” ހަޒާޑުގެ ކުރިމަގާ ގުޅޭގޮތުން ސުވާލު ކުރުމުން ސާރީ ބުންޏެވެ. 

މިދިޔަ އޮކްޓޫބަރު މަހު ހަޒާޑް ބުނެފައިވަނީ ރެއާލް މެޑްރިޑާއި ގުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އެކަަމަކު އޭގެ ދެ ދުވަސް ފަހުން ހަޒާޑް ބުނެފައިވަނީ ޖެނުއަރީ މަހުގައި އޮންނަ ޓްރާންސްފާ މުއްދަތުގައި ރެއާލް މެޑްރިޑަށް ބަދަލުނުވާނެކަމަށެވެ. 

“އަހަރެން ބޭނުން މި ކްލަބަށް އިތުރަށް ގޯލު ޖަހައިދީ ފްރޭންކް ލަމްޕާޑާއި، ޑިޑިއޭ ޑްރޮގްބާ އަދި ޖޯން ޓެރީ ގޮތަށް ލެޖެންޑަަކަށް ވާން” ކްލަބަށް 100 ގޯލު ޖަހައިދިން މެޗަށްފަހު މީޑިއާ ވާހަކަ ދައްކަމުން ހަޒާޑް ބުންޏެވެ. 

ސާރީ ބުނީ ހަޒާޑް ޓީމުގައި ބެހެއްޓުމުގެ ބާރު އޭނާގެ އަތުގައި ނެތްކަމަށެވެ. 
“އަަހަރެން އަތުގައި މިކަން ކުރާނެ ބާރެއް ނެތް. އަހަންނަކީ ކޯޗު. އަހަންނަކީ ރައީސެއް ނޫން. އަހަންނަކީ ކުޅުންތެރިން ގަނެވިއްކުމުގައި އިސްކޮށް މަސައްކަތް ކުރާ މީހެއް ނޫން. އަހަރެން ހަޒާޑްއާ ހަމައެކަނި ވާހަކަ ދައްކާނީ ދަނޑުމަތީގައި ކުޅޭ މަގާމާ ގުޅޭގޮތުން” ހަޒާޑުގެ އެއްބަސްވުން އާކޮށްފައިނުވާ މައްސަލައިގައި ސާރީ ބުންޏެވެ، 

ހަޒާޑުގެ އިތުރުން އެޓީމުގެ ސެސް ފެބްރިގާސް ވެސް ކްލަބުގައި ހުންނަން ބޭނުންކަމަށް ސާރީ ވަނީ ބުނެފައެވެ. ޗެލްސީގެ ޓީމުން ފުރުސަތު ނުލިބޭތީ އުމުރުން 31 އަހަރުގެ ސްޕެއިން މިޑްފީލްޑަރ ޖެނުއަރީ މަހު ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. ފެބްރިގާސްގެ އިތުރުން ޑޭވިޑް ލުއިޒް އަދި ގެރީ ކޭހިލް ވެސް މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާނެއެވެ.

އުމުރުން 30 އަހަރުވުމުން ޗެލްސީން ކުޅުންތެރިޔާގެ ކޮންޓެރެކްޓް އާކުރަނީ އެއް އަހަރަށެވެ. އެ އުމުރުގެ ކުޅުންތެރިންގެ އެއްބަސްވުމުގެ މުއްދަތު އިތުުރު ކުރުމަށް ޗެލްސީން ގެންގުޅޭ އުސޫލަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ސާރި ބުންޏެވެ. 

“ސެސް (ފެބްރިގާސް) އަހަންނަށް ވަރަށް މުހިއްމު. ސެސް ގޮސްފިނަމަ އަހަރެމެން ޖެހޭނެ އެހެން ކުޅުންތެރިއަކު ހޯދަން. އެވަރުގެ ކުޅުންތެރިއެއްގެ ބަދަލުގައި އާ ކުޅުންތެރިއަކު ހޯދުމަކީވެސް ފަސޭހަކަމެއް ނޫން” ސާރީ ބުންޏެވެ. 

ލީގުގައި މާދަމާ ކްރިސްޓަލް ޕެލޭސްއާ ރަށުން ބޭރުގައި ޗެލްސީ ވާދަކުރާއިރު ލީގު ތާވަލުގައި އެޓީމު އޮތީ 40 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *