އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފައިނަލުގައި ނިލަންދޫއާއި ފީއަލީގެ ކުރިމަތިލުމެއް

Advertisement

އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފައިނަލުގައި ނިލަންދޫއާއި ފީއަލީގެ ކުރިމަތިލުމެއް

ޢަލީ ޝަހީމް
އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫގައި މިހާރު ކުރިއަށްދާ އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފ. މަގޫދޫ ޒުވާނުންގެ ކްލަބް ބަލިކޮށް ނިލަންދޫ ކަޒިންސް ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އިއްޔެގެ މެޗު ކަޒިންސް ޓީމު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މާދަމާ ހަވީރު ކުޅޭ ފައިނަލުގައި ކަޒިންސް ޓީމު ނުކުންނާނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގައެއް ހޯދި ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި ދެކޮޅަށެވެ.

އިއްޔެގެ މެޗުގެ ސެޓުތައް ކަޒިންސް ޓީމުން ގެންދިޔައީ 25-13، 25-15 އަދި 25-19 އިންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅެވުނު ފޯރިގަދަ މި މެޗްގައި ކަޒިންސްގެ ކުޑަ ކާއްޓޭ އާއި އައްކަޅޭ ގެންދިޔައީ މަގޫދޫ ޒުވާނުންގެ ކުލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަދި އަލީ ހުޒާމް (ހުޒާންޓޭ) ޖަހަމުންގެންދިޔަ ބާރު ޝޮޓްތައް ބްލޮކު ކުރަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މުބާރާތުގެ ފައިނަލް މެޗުވެސް އެންވައިޖީގެ އެފްބީ ޕޭޖް “ނިލަންދޫ ޔަންގް ޖެނެރޭޝަން” އިން ލައިވްކުރާނެކަމަށް އިންތިޒާމު ކޮމިޓީން ބުނެއެވެ. ނިލަންދެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އެންވައިޖީ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް ކުރިއަށްގެންދާ މިއީ ދެ ވަނަ އަހަރެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ކަޒިންސް ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *