ގއ. ނިލަންދޫ އަންހެނުންނަށް ހުޅުވާލި ވޮލީ މުބާރާތެއް ފަށައިފި

Advertisement

ގއ. ނިލަންދޫ އަންހެނުންނަށް ހުޅުވާލި ވޮލީ މުބާރާތެއް ފަށައިފި

ޢަބްދުﷲ އަޝްރަފް
ގއ. ނިލަންދޫގައި އިއްޔެ ފެށި ވޮލީ މުބާރާތުގެ ތެރެއިން. ފޮޓޯ: ގައ. ނިލަންދޫ ކައުންސިލް

ގއ. ނިލަންދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ރަށުގެ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތެއް ފަށައިފިއެވެ. ކައުންސިލް ވިލާގިއޯ ވޮލީ ޗެލެންޖް 2018 ގެ ނަމުގައި ބާއްވާ މި މުބާރާތް ފެށީ އިއްޔެ ހަވީރު އެވެ.

އިއްޔެއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ މަންތާ ކުއީން، ފަހެލި، ސުޕަރ ގާލްސް އަދި އެންގަލަވާ އެވެ. މި މުބާރާތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް މުބާރާތުގެ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ނިލަންދޫ އަންހެނުންގެ މެދުގައި ވޮލީ ކުޅުމުގެ ޝައުގުވެރިކަން އިތުރުކޮށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއް ރަށުގެ އަންހެނުންނަށް ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކައުންސިލް އިދާރާގެ ފަރާތުން މިފަދަ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މަންތާ ކްއީންއާއި ފަހެލި އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗް ދެ ސެޓް އެއް ސެޓުން    ކާމިޔާބުކުރީ މަންތާ ކްއީން އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ސުޕަރ ގާލްސްއާއި އެންގަލަވާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *