ގައުމީ ވޮލީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފި

Advertisement

ގައުމީ ވޮލީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފި

ޢަލީ ޝަހީމް

ވޮޅިބޯޅައިގެ ގައުމީ ޓީމުގައި ހިމެނެން ބޭނުންވާ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށްވެސް ފުރުސަތު ހުޅުވާލައިފައި ވާކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 ވަނަ އަހަރުގެ ގައުމީ ސްކޮޑުތައް އެކުލަވާލައި، ގައުމީ ޓީމުތައް ބައިންއަގްވާމީ މުބާރާތްތަކަށް ތައްޔާރުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް އެ އެސޯސިއޭޝަނުން ކުރަމުންދާކަމަށެވެ. އެގޮތުން ގައުމީ ސީނިއާ އަދި ޖޫނިއާ ޓީމުތަކަށްވެސް ކުޅެން ބޭނުންވާ ދެޖިންސުގެ ކުޅުންތެރިންނަށްވެސް ވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ފުރުސަތު ހުޅުވާލުމަށްފަހު އެ އެސޯސިއޭޝަނުން ބުނީ ގައުމީ ޓީމަށް ކުޅުމަށް ކޯޑް އޮފް ކޮންޑެކްޓެއްގައި ސޮއިކޮށް، އެގްރިމެންޓް ކުރެވިފައިވާ ކުޅުންތެރިން އަލުން މި ފުރުސަތަށް އެދެން ނުޖެހޭނެކަމަށެވެ. ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ އެސޯސިއޭޝަނުންނާއި ފޭސްބުކް ޕޭޖުން ފޯމު ލިބެން ހުންނާނެކަމަށް ވީއޭއެމް އިން ބުނެއެވެ.

ވީއޭއެމް އިން ބުނީ މި ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށްވެސް ގައުމީ ޓީމަށް ކުޅުމުގެ ހަމަހަމަ ފުރުސަތެއް ފޯރުކޮށްދިނުން ކަމަށެވެ. ވީއޭއެމް އިން ވަނީ މީގެ ކުރިންވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ތަކަކާއެކު ކުދިން ޓީމުތަކަށް ހޮވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިފަހަރުވެސް ފޯމު ހުށަހަޅާ ކުޅުންތެރިންނަށް ހާއްސަކޮށް ވަކި ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް އެ އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.

ވޮލީބޯޅަ ފުޅާކުރުމުގެ ގޮތުން އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން އަތޮޅު ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އަންނަ އަހަރުގެ އަހަރީ ކަލަންޑަރު އިއުލާން ކުރުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމް އިން ވަނީ ބުނެފައެވެ.

އަންނަ އަހަރު ވޮލީބޯޅައިގެ 20 މުބާރާތެއް ބާއްވަން ކަލަންޑަރުގައި ހިމަނައިފައިވާއިރު އެ އެސޯޝިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އަންނަ އަހަރަކީ ވޮލީބޯޅައިގެ ބޮޑު އަހަރަށް ވެގެންދާނެކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *