ކްލޮޕް އަންގަނީ އާސެނަލް އާއި ޗެލްސީއަށް ވެސް ލީގް ލިބިދާނެކަމަށް

Advertisement

ކްލޮޕް އަންގަނީ އާސެނަލް އާއި ޗެލްސީއަށް ވެސް ލީގް ލިބިދާނެކަމަށް

ޢަބްދުﷲ އަޝްރަފް
ކްލޮޕް ޗެލްސީގެ ކޯޗު ސާރީ އާއެކު. އޭނާ ބުަނަނީ ޗެލްސީ އާއި އާސެނަލަށް ވެސް ލީގު ހޯދުމުގެ ފުރުސަތު އޮތް ކަމަށް

އިނގިރޭސި ޕްރިމިއަރ ލީގްގެ ތަށި ހޯދުމަކީ އެއްވެސް ޓީމަކަށް އެހާ ފަސޭހައިން ކުރެވެން އޮންނަ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ޗެލްސީ އާއި އާސެނަލް ވެސް އަދި ޓައިޓްލް ރޭހުން ބޭރުގައި އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ލީގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް އާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު އެ ޓީމް އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލްގެ އެއް ވަނައިގައެވެ. ލީގްގައި ކުޅެން އަދި ބާކީ 20 މެޗް އޮތް އިރު ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ޗެލްސީ އާއި އާސެނަލް އޮތީ ލިވަޕޫލަށް ވުރެ 11 ޕޮއިންޓް ފަހަތުގައެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 37 ޕޮއިންޓެވެ.

“އެއްވެސް ބަޔަކަށް ގަބޫލުކުރެވިގެން ނުވާނެ ތިމަންނަމެން މިހާރު ޓައިޓްލް ރޭހުން ބޭރުވީއޭ.” ކްލޮޕް ބުންޏެވެ.

ކްލޮޕް އެހެން ބުނި އިރު ވޭތުވެދިޔަ ދިހަ ސީޒަންގެ ތެރެއިން އަށް ސީޒަންގައި ލީގްގެ މިހާ ހިސާބަށް އައިއިރު އެއްވަނައިގައި އޮތް ޓީމް ވަނީ އެ ސީޒަނެއްގެ ލީގް ކާމިޔާބުކޮށްފައެވެ. އެހިސާބަށް އައިއިރު އެއްވަނައިގައި އޮވެ ލީގް ކާމިޔާބު ނުކުރެވުނު ހަމައެކަނި ޓީމަކީވެސް ލިވަޕޫލެވެ. 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ސީޒަންގެ މެދާ ހަމަޔަށް އައިއިރު ލިވަޕޫލް އެއްވަނައިގައި އޮތް ނަމަވެސް އެ ދެ ސީޒަންވެސް ނިންމާލަން އެ ޓީމަށް ޖެހުނީ ދެ ވަނައިގައި އޮވެއެވެ.

“އެއްވެސް މީހަކު ވަކި ގޮތެއް ނިންމީއެއް ނޫން. ދެން ކީއްވެ އެހެން ވާންވީ؟ އަހަރެން ދުށިން ޓޮޓެންހަމުން އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗް. އެވަޓަން އިން އެ މެޗްގައި ރަގަޅަށް ކުޅުނު. އެކަމަކު ޓޮޓެންހަމުން ކުޅުނީ އެއަށްވުރެ މާ ރަގަޅަށް. މެޗެއްގައި މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް އެމީހުން ކުރި.” ލިވަޕޫލް އާއި ސިޓީ އަކީ ލީގް ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ޓީމް ކަމަށް ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފައިވާ ބުނުމަށް ރައްދު ދެމުން ލިވަޕޫލްގެ ކޯޗް ބުނެފައިވެއެވެ.

“އާސެނަލް އާ ޗެލްސީ އަށްވެސް އެ ފުރުސަތު އެބައޮތް. އަހަރެން އެއްވެސް އިރެއްގަ ގަބޫލެއް ނުކުރަން ޓޮޓެންހަމް ޓައިޓްލް ރޭހުން ބޭރުވި ކަމަކަށް. އެހެންވީމަ އެމީހުން ޓައިޓްލްއަށް ވާދަކުރަނީއޭ ކިޔާފަ ކީއްވެ މިހާރު ވަކި މީހުން ހައިރާން ވާންވީ.” 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ހޯދުމުގެ މަގު ފަހިވެފައިވާ ޓީމުގެ ކޯޗު ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *