މޮޅަކާއެކު ބާސެލޯނާ ލީޑު ދަމަހައްޓައިފި

Advertisement

މޮޅަކާއެކު ބާސެލޯނާ ލީޑު ދަމަހައްޓައިފި

ފަހުމިނެޓް

ސްޕެއިންގެ ލަލީގާގައި ބާސެލޯނާއިން ރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ ވާދަކޮށް 2-0 އިން މޮޅުވެއްޖެއެވެ. މި މޮޅާއެކު ބާސާ ވަނީ އެޓީމު ލީގު ތާވަލުގެ އެއްވަނާގައި ދަމަހައްޓަމުން އަންނަ ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ.

މެޗުގައި ބާސާއިން ޖެހި ދެގޯލުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ދިހަވަނަ މިނިޓުގައި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އޭނާ މި ލަނޑު ޖެހީ ޖޯޑީ އަލްބާގެ ޕާހަކުން ކެޕްޓަން ލިޔޮނެލް މެސީ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރުމުން ނުކުތް ރީބައުންސް ބޯޅައިންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ދެވަނަ ލަނޑު މެސީ ކާމިޔާބު ކޮށްދިނީ އޭރިޔާގެ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެތެރަށް ވައްދާލައިގެންނެވެ. މެސީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 15 ގޯލު ޖަހާ، ދިހަ ގޯލް ޖަހަން އެހީތެރިވެދީފައެވެ.

ރޭ އެތްލެޓިކޯ މެޑްރިޑް ވެސް ވަނީ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާ ވާދަކޮށް 1-0 އިން މޮޅުވެފައެވެ. އެތްލެޓިކޯ މެޑްރިޑްގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *