އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ކަޒިންސް އާއި މަގޫދޫ މޮޅުވެއްޖެ

Advertisement

އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ކަޒިންސް އާއި މަގޫދޫ މޮޅުވެއްޖެ

ޢަލީ ޝަހީމް

ފ. ނިލަންދޫގައި މިހާރު ކުރިއަށްދާ އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕް ގައި އިއްޔެ ކުޅުނު މެޗުތައް ނިލަންދޫ ކަޒިންސް ޓީމާއި ފ. މަގޫދޫ ޒުވާނުންގެ ކްލަބް ކާމިޔާބު ކޮށްފިއެވެ. އިއްޔެގެ މެޗުތައް ބައްލަވާލެއްވުމަށް ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަދި އޭކޭ ފައުންޑޭޝަންގެ ބާނީ ޑރ. އަބްދުﷲ ޚަލީލާއި އެ ފައުންޑޭޝަންގެ ނައިބު ރައީސް އަލީ މުހައްމަދު  ވަނީ ވަޑައިގެންފައެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު ފ. ފީއަލި އެކުވެރި ޒުވާނުންގެ ރޫހާއި ވާދަކޮށް ކަޒިންސް ޓީމު ފަސޭހަކަމާއެކު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެޓީމުން މެޗުގައި ސެޓުތައް ގެންދިޔައީ 25-10، 25-12 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަޒިންސް ޓީމުގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ. ކަޒިންސް ޓީމުން ފަސޭހަކަމާއެކު މި މެޗު ކާމިޔާބު ކުރިއިރު ފީއަލި ޓީމުގައި ގިނައިން ތިބީ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިންނެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ފ. މަގޫދޫ ޒުވާނުންގެ ކްލަބާއި ފ. ނިލަންދޫ އެސްޖީސީ ސްޕޯޓްސް އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ތިން ސެޓުން ކާމިޔާބު ކުރީ މަގޫދޫ ޓީމެވެ. އެޓީމުން މެޗުގައި ސެޓުތައް ގެންދިޔައީ 25-23، 25-22 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަށެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށްދިޔަ މި މެޗުގައި ލަންކާގެ ސަދުން އާއި ފާޒިލް އަދި ހުޒާންޓޭފެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި ފީއަލި އެކުވެރި ޒުވާނުންގެ ރޫހެވެ. މި މެޗުގެ ހަވީރު 4:15 ގައި ފަށާއިރު މިރޭ 8:15 ގައި ފަށާ މެޗުގައި އެސްޖީސީ ސްޕޯޓްސް ނުކުންނާނީ ކަޒިންސް އާއި ދެކޮޅަށެވެ. ރަށުން ބޭރުގައި ތިބޭ ފަރާތްތަކަށް މެޗު ބެލޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ނިލަންދޫ ޔަންގް ޖެނެރޭޝަން ފޭސްބުކް ޕޭޖުން ހުރިހާ މެޗެއްވެސް ވަގުތުން ގެނެސްދޭނެ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީން ބުނެއެވެ،

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *