ކިއްސަރު ކަޕްގެ ޗެމްޕިއަންކަން ބަފާނާ އަށް، މޮޅު ކުޅުންތެރިއަކީ ހާއްޕެ

Advertisement

ކިއްސަރު ކަޕްގެ ޗެމްޕިއަންކަން ބަފާނާ އަށް، މޮޅު ކުޅުންތެރިއަކީ ހާއްޕެ

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަފާނާ ޓީމް ބައެއް ސަޕޯޓަރުންނާއެކު. ފޮޓޯ: ކިއްސަރު ފުޓްސަލް ކަޕް

ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ގއ. ކޮނޑޭ ގައި ބާއްވާ “ކިއްސަރު” ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްސީ ބަފާނާ ހޯދައިފިއެވެ. ބަފާނާ ޗެމްޕިއަންކަން ހޯދީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލުގައި އޭޖާސް ޔުނައިޓެޑާއި ވާދަކޮށް 4-4 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ.

މިއަހަރުގެ މުބާރާތުގައި ކޮނޑޭ ގެ ހަތަރު ޓީމަކުން ވާދަކުރިއިރު މުބާރާތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝަލް އެމްޕަވާމެންޓް އަހުމަދު މަހުލޫފް އެރަށަށް ވަޑައިގެންނެވިއެވެ.

Advertisement

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަފާނާ ޓީމަށް ކުޅުނު ފުޓްސަލްގައި ފާހަގަ ކޮށްލެވޭ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ވަނީ މުބާރާތުގައި 10 ގޯލު ޖަހައިފައެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހެލެގެލި ސްޕޯޓްސް ކްލަބް ގެ އަބްދުލް މުހައިމިން ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ހެލެގެލި ސްޕޯޓްސް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ބްލެކް ސްޓާ ޓީމުގެ އަހުމަދު އަނަސް އެވެ. އެންމެ ރަނގަޅަށް ސަޕޯޓް ކުރި ޓީމަކަށް ހޮވުނީ ޗެމްޕިއަން ބަފާނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހާއްޕެ ގެ އިތުރުން ހިމެނުނީ ޗެމްޕިއަން ބަފާނާގެ މުހައްމަދު އިމްތިޔާޒް އަހުމަދާއި އެޓީމުގެ މުހައްމަދު ސަލްމާން އާއި އޭޖާސް ޔުނައިޓެޑް ގެ ނާއިހް މުފީދް އަދި އިސްމާއީލް މުނީޒް އެވެ.

2004 ވަނަ އަހަރު ފެށި މި މުބާރާތަކީ މެދުކެނޑުމެއް ނެތި އެ އަތޮޅުގައި ބާއްވާ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތެވެ. މިއީ މި މުބާރާތް ޖެހިޖެހިގެން ބަފާނާ ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އަދި، 2014 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި އޭޖާސް ޔުނައިޓެޑް ޖެހިޖެހިގެން ބަލިވި މިއީ ދެ ވަނަ ފައިނަލެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ގޮތުގައި 25،000 ރުފިޔާ ކަނޑައަޅައިފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *