ނިލަންދެ އަތޮޅަށް ހުޅުވާލި ވޮލީ މުބާރާތުގެ ގުރުނެގުން މިރޭ

Advertisement

ނިލަންދެ އަތޮޅަށް ހުޅުވާލި ވޮލީ މުބާރާތުގެ ގުރުނެގުން މިރޭ

ޢަލީ ޝަހީމް
ނިލަންދޫގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއްގެ ތެރެއިން. ފޮޓޯ: ފ. ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫ ގެ ޔަންގް ޖެނެރޭޝަން އިން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ “އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2018” މުބާރާތުގެ ގުރުލުން މިރޭ އޮންނާނެ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީން ބުނެފިއެވެ. ދ. އަދި ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ގުރުލުން އޮންނާނީ މިރޭ 8:30 ގައި ނިލަންދޫ ގައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މިފަހަރު ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ފ. އަތޮޅުގެ ތިން ރަށަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ. އެއީ، ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި، ފ. ފީއަލި އެކުވެރި ޒުވާނުންގެ ރޫހު، ފ. މަގޫދޫ ޒުވާނުންގެ ކްލަބް (އެމް.ޒެޑް.ސީ)، ފ. ނިލަންދޫ އެސް.ޖީ.ސީ ސްޕޯޓްސް ކްލަބް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ފ. ނިލަންދޫ ކަޒިންސް ޓީމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

Advertisement

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ހުނަރުވެސް ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ނިލަންދޫ ޔަންގް ޖެނެރޭޝަން އިން މައުލޫމާތުދެއެވެ. ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަލީ ހުޒާމް (ހުޒާންޓޭ) ވެސް މިފަހަރުގެ މުބާރާތުން ފެންނާނެކަމަށް އިންތިޒާމު ކޮމިޓީން ބުނެއެވެ.

ނިލަންދޫގައި މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ތިން ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި، ސަޕޯޓަރުންނަށް މެޗު ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން އިށީނދެ ތިބުމަށް މިދިޔަ އަހަރު ދެ ސިޑިބަރި ވަނީ ހަދާފައެވެ. ނިލަންދޫ އަކީ ވޮލީބޯޅައިގެ އިތުރުން ފުޓްބޯޅައިގެ ފޯރިވެސް އޮންނަ ރަށެކެވެ. އެރަށުން ވަނީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *